Last Updated: May 8, 06:04
Wednesday, May 8, 2024
ޚަބަރު އެމްޑީޕީ

އިންތި ފޯރީގައި ވ. އަތޮޅުގައި ކެމްޕޭން ކުރިއަށް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކެމްޕޭނަށް ވ. އަތޮޅަށް ވަޑައިގެންފިއެވެ.

އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު އިންތި އެންމެ ފަހުން ކެމްޕޭނަށް ވަޑައިގެންފައިވަނީ ތ. އަދި ލ. އަތޮޅުގެ ރަށްތަކަށެވެ.

އިންތި ކެމްޕޭނަށް ވ. އަތޮޅަށް ވަަޑައިގެންފައިވާއިރު އެ އަތޮޅުގެ ރަށްތަކުގައި ދޮރިން ދޮރަށް ހަރަކާތް ހިންގަވާނެއެވެ.

އިންތިގެ ކެމްޕޭންގައި އެންމެބޮޑަށް ދައްކަވަމުން އަންނަ އެއް ވާހަކައަކީ އެމްޑީޕީން ރައީސް ނަޝީދު އެކަހެރި ނުކޮށް ރައީސް ނަޝީދާއެކު މަސައްކަތް ކުރައްވާނެ ވާހަކައެވެ. އަދި އެމްޑީޕީގެ އަސްލު އުސޫލުތަކަށް ރުޖޫއަކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

އިމްތިޔާޒް ފަހުމީއާ މި އިންތިހާބުގައި ވާދަކުރަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއެވެ. މީގެއިތުރުން އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަކުރައްވަނީ މެމްބަރު ރޮޒައިނާ އާދަމާއި ސަފާތު އަހުމަދު ޒާހިރެވެ.

ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން އޮންނާނީ މޭ 14 ވަނަ ދުވަހުއެވެ.