އެޓާނީ ޖެނެރަލްގެ އޮފީހާއި ޔޫއެންޑީޕީ ގުޅިގެން ގާނޫނީ ގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ކެމްޕޭނެއް ފަށައިފި އެވެ.
މި ކެމްޕޭނުގެ އަމާޒަކީ ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށް ދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމާއި އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގައި ހިމެނޭ ފަރާތްތަކުގެ ދައުރު އާންމުންނަށް އޮޅުންފިލުވައި ދިނުމެވެ.
ޤާނޫނުއަސާސީއަކީ ކޮބާ؟
Video link: https://t.co/JU4BuwZG7g#EngumakeeBaareh
— AG Office Maldives (@AGOmv) April 19, 2022
އޭޖީ އޮފީހުން ބުނީ އާންމުންނަށް ފަސޭހައިން ދޭހަވާނެ ގޮތަށް ތައްޔާރުކޮށްފައިވާ ކުރު ވީޑިއޯ ކްލިޕްތަކާއި އިންފޯގްރަފިކް ބޭނުންކޮށްގެން ކުރިއަށް ގެންދާ މި ކެމްޕެއިންގެ ތެރެއިން ގާނޫނީ ނިޒާމަށް ރައްޔިތުން ހޭލުންތެރި ކުރުވައި، އިންސާފަށް ވާސިލުވާނެ ގޮތް ރައްޔިތުންނަށް ބުނެދެވޭނެ ކަމަށެވެ.
މި ކެމްޕެއިން ކުރިއަށް ގެންދާނީ އޭޖީ އޮފީހުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުންނެވެ. އެގޮތުން، ޓްވިޓާ އާއި ފޭސްބުކާއި ޔޫޓިއުބް އަދި އިންސްޓަގްރާމްގައި ކެމްޕޭނު ކުރިއަށް ގެންދާނެ އެވެ.