މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ބޯޑަށް އާންމު ހިއްސާދާރުން ހޮވާ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ބޯޑަށް އާންމު ހިއްސާދާރުން ހޮވާ ފަސް ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 28 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފި އެވެ. އެމްޓީޑީސީން ބުނީ ކުރިމަތިލާ މީހުން ވާން ޖެހޭނީ 18 އަހަރުން މަތީގެ މީހަކަށް ކަަމަށާއި އޭނާ އަކީ ކުންފުނީގެ 50 ހިއްސާ ވެސް އޮތް މީހަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި އެ މީހުންނަކީ ފުރަތަމަ ޑިގްރީ ފެންވަރުގެ ސަނަދެއް ވެސް އޮތް މީހުންނަށް ވާން ޖެހޭނެ ކަމަަށާއި ލިސްޓްކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ދެ ކުންފުންޏަށް ވުރެ ގިނަ ކުންފުނިތަކުގެ ބޯޑްތަކުގައި ނުހިމެނޭ މީހުންނަށް ވެސް ވާން ޖެހޭނެ އެވެ.
އެމްޓީޑީސީން ބުނީ ކުރިމަތިލާ މީހުންގެ ތެރެއިން އެންމެ ގާބިލު މީހުން ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން ހޮވައި މި އަހަރު އަހަރީ އާންމު ޖަލްސާގައި ނަންތައް އާންމުކޮށް އިއުލާން ވެސް ކުރާނެ ކަމަށެވެ.
އެމްޓީޑީސީ އަކީ އައްޑޫގައި ހުޅުވި ފުރަތަމަ ރިސޯޓް ހެރަތެރަ އަދި މިހާރުގެ ކެނަރީފް ތަރައްގީކުރި ކުންފުންޏެވެ.