Last Updated: May 19, 17:52
Sunday, May 19, 2024
ކުޅިވަރު

އައްޑޫލައިވް ރޯދަ ސްމޭޝް: ފައިނަލް މެޗުތައް މިރޭ

އައްޑޫލައިވްއިން އިންތިޒާމުކޮށްގެން ހިތަދޫ ބެޑްމިންޓަން އެރީނާގައި ކުރިއަށްދާ "އައްޑޫލައިވް ރޯދަ ސްމޭޝްް 2022" ގެ ފައިނަލް މެޗުތައް މިރޭ ބާއްވަން ނިންމައިފިއެވެ.

މުބާރާތުގެ ފައިނަލް މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ގައެވެ.

މުބާރާތުގެ ފިރިހެން ޑަބަލްސް ފައިނަލުން ޖާގަ ހޯދާފައިވަނީ ނާތިޖު އާއި ޒިޔާދުގެ ޕެއާއެވެ. ޒިޔާދު އާއި ނާތިޖު ފައިނަލަށް ދަތުރުކުރީ ރޭ ކުޅެވުނު މުބާރާތުގެ ސެމީގެ ފައިނަލް މެޗުގައި ދިނޭޝް އާއި އަންޝާދު އާއި ބައްދަލުކޮށް ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. ސެޓުތައް ގެންގޮސްފައިވަނީ 21-17، 21-19 އިންނެވެ.

މުބާރާތުގެ ފައިނަލުން ދެން ޖާގަ ހޯދީ ޝިނާޒު އާއި ޝިފާއުގެ ޕެއާއެވެ. ޝިނާޒު އާއި ޝިފާއު ފައިނަލުން ޖާގަ ހޯދީ ފޯރިގަދަ ކުޅުމަކަށް ފަހު އިބްރާހިމް އާއި ފަޒީލު 2-1 ސެޓުން ބަލިކޮށްގެންނެވެ.

ސެޓުތައް ގެންގޮސްފައިވަނީ 21-15، 19-21،21-17 އިންނެވެ.

މުބާރާތުގެ އަންހެން ޑަބަލްސް ފައިނަލުގައި ވާދަކުރާނީ ހައްވާ އަދި ސާރާ އާއި އާސިމާ އަދި މަފާޒާގެ ޕެއާއެވެ. ހައްވާ އާއި ސާރާ ފައިނަލްއިން ޖާގަ ހޯދީ އަޖްމީ އާޢި ޝީޒާ އާއި ވާދަކޮށް 2-1 ސެޓުން މޮޅުވެގެންނެވެ. ސެޓުތައް ގެންގޮސްފައިވަނީ 21-16،19،21، 21-16 އިންނެވެ.

އާސިމާ އާއި މަފާޒާ ފައިނަލަށް ދަތުރުކުރީ އުޝްވާ އާޢި މިންނަތު ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ސެޓުތައް ގެންގޮސްފައިވަނީ 21-23، 12-21އިންނެވެ.

މުބާރާތުގެ މިކްސްޑް ޑަބަލްސް ފައިނަލަށް ދަތުރުކޮށްފައިވަނީ އިބްރާހިމް އާއި ޝީޒާގެ އިތުރުން ނަޝީދު އާއި އުޝްވާގެ ޕެއާއެވެ.

އިބްރާހިމް އާއި ޝީޒާ ވަނީ ސެމީގައި އާމިނަތު އާއި އިފްޒާލް ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. ސެޓުތައް ނިމިފައިވަނީ 18-21، 12-21 އިންނެވެ.

ނަޝީދު އާއި އުޝްވާ އާއި ޒިޔާދު އަދި އާސިމާ ބައްދަލުކުރި މިކްސްޑު ސެމީ މެޗު ނިމިފައިވަނީ 2-1 އިންނެވެ. ސެޓުތައް ކުރިއަށް ގޮސްފައިވަނީ 21-14، 11-21، 21-16 އިންނެވެ.

މިމުބާރާތުގެ ކޮންމެ ކެޓަގަރީއަކުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް 2،000ރ. ގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ އިރު ރައަޕް ޓީމަށް 1،000ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ.