"އިންޑިއާ އައުޓް" ޖަހާ ދަމާފައި ހުރި ބެނާތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނެފައިވަނީ މާލޭގެ ބައެއް ގެތަކުގައި ހަރުކޮށްފައިވާ "އިންޑިއާ އައުޓް" ބެނާތައް ނެގުމުގެ މަސައްކަތް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ކުރަމުން އަންނަކަ މަށެވެ.
އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅާއި، ޕީޕީއެމް އޮފިހުގައި ދަމާފައި ހުރި ބެނާ ނެގުމަށް ފުލުހުން ވަނީ އެތަންތަނަށް ވަދެފައެެވެ. އަދި އެ ބެނާތައް ވަނީ ނަގާފައެވެ.
ބެނާތައް ނެގުމަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު، "އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކަލެއްކަމަށް ކަނޑައަޅައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޤަރާރެއް ނެރުއްވާފައެވެ.