Last Updated: June 13, 02:24
Saturday, June 13, 2026
ޚަބަރު

ޔާމީން ގޭގައި ދެމި "އިންޑިއާ އައުޓް" ބެނާ ނަގައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގޭގައި ދަމާފައިހުރި "އިންޑިއާ އައުޓް" ބެނާ ފުލުހުން ނަގައިފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރައީސް ޔާމީންގެ ގެކޮޅަށް ވަދެ އެ ގޭގައި ދަމާފައިހުރި "އިންޑިއާ އައުޓް" ބެނާ ނަގާފައިވާއިރު، އެ ގޭކައިރީގައި "އިންޑިއާ އައުޓް" ދިދަ ތަކާއެކު ތިބި މީހުން އަންނަނީ އަޑުއުފުލަމުންނެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ޕީޕީއެމް އޮފީހުގައި ދަމާފައިހުރި "އިންޑިއާ އައުޓް" ބެނާވެސް ނަގާފައެވެ.

"އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކަލެއްކަމަށް ކަނޑައަޅައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޤަރާރެއް ނެރުއްވާފައެވެ.

އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަމުން އަންނައިރު، ޕީޕީއެމާ އިދިކޮޅު ފިކުރުގެ ސިޔާސީ ފަރާތްތަކުން ދެކޭގޮތުގައި އެ ހަރަކާތަކީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކުގެ ފޯކަސް ގެއްލުވާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.