ރާއްޖޭގެ އަށް ރަށެއްގައި ޔޫތު މިނިސްޓްރީން ހަދަން ނިންމާފައިވާ އިންޑޯ ސްޕޯޓްސް ކޮމްޕްކްސްގެ މަސައްކަތްތައް ކުރާނެ ބަޔަކު ހޯދަން ހުޅުވާފައި އޮތް ބީލަމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.
އައްޑޫގެ ފޭދު އާއި މީދޫ ވެސް ހިމެނޭ ގޮތަށް މި ޕްރޮޖެކްޓްގައި ދެން ހިމެނެނީ އއ. އުކުޅަހާއި ފުވައްމަލަކާއި ލ. ގަމާއި ޅ. ނައިފަރާއި ރ. އަލިފުއްޓާއި އެ އަތޮޅު ދުވާފަރެވެ. މި ރަށްތަކުގެ އިންޑޯ ކޮމްޕްލެކްސްގެ ބީލަމުގެ ސުންގަޑި އަކީ މިހާރު އަންނަ މަހުގެ 11 އެވެ. މިއިން ކޮންމެ ކޮމްޕްލެކްސްއަކަށް ވަކިވަކިން ބިޑް ސެކިއުރިޓީ ވެސް ހުށަހަޅަން ޖެހެ އެވެ.

ބީލަމުގައި ބައިވެރިވާން 500ރ. ގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. ރަޖިސްޓްރޭޝަން ކުރިއަށް ދާނީ އަންނަ މަހުގެ 9 އާ ހަމައަށެވެ.
އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ހަދަން ހިންގާ މި މަޝްރޫއު އެންމެ ފުރަތަމަ ބީލަމަށް ލީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.