Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު އެމްޑީޕީ

އިންތި ކެމްޕޭނަށް ރ. އަތޮޅަށް ވަޑައިގެންފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކެމްޕޭނަށް ރ. އަތޮޅަށް ވަޑައިގެންފިއެވެ.

ފޯރިގަދަ ވެފައިވާ އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނަށް އިންތި ރ. އަތޮޅަށް ވަޑައިގެންފައިވަނީ މިއަދުއެވެ. އަދި އޭޕްރިލް 23 ވަނަ ދުވަހުގެ ނިޔަލަށް އިންތި ކެމްޕޭން ހަރަކާތްތައް ރ. އަތޮޅުގެ އެކި ރަށްތަކުގައި ކުރިއަށްގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

އިންތި ރ. އަތޮޅުގެ ރަށްތަކަށް ވަޑައިގެން ދޮރުން ދޮރަށް ހަރަކާތް އަންނަނީ ހިންގަމުންނެވެ.

އިންތިގެ ކެމްޕޭންގައި އެންމެބޮޑަށް ދައްކަވަމުން އަންނަ އެއް ވާހަކައަކީ އެމްޑީޕީން ރައީސް ނަޝީދު އެކަހެރި ނުކޮށް ރައީސް ނަޝީދާއެކު މަސައްކަތް ކުރައްވާނެ ވާހަކައެވެ. އަދި އެމްޑީޕީގެ އަސްލު އުސޫލުތަކަށް ރުޖޫއަކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

އިމްތިޔާޒް ފަހުމީއާ މި އިންތިހާބުގައި ވާދަކުރަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއެވެ. މީގެއިތުރުން އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަކުރައްވަނީ މެމްބަރު ރޮޒައިނާ އާދަމާއި ސަފާތު އަހުމަދު ޒާހިރެވެ.

ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން އޮންނާނީ މޭ 14 ވަނަ ދުވަހުއެވެ.