އެމްޓީސީސީއާ އިކޮނޮމިކް މިނިސްޓްރީއާ ދެމެދު ދެމެދު މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.
މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެމިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ.
މި އެމްއޯޔޫގެ މަޤްސަދަކީ "މޯލްޑިވްސް ކޮވިޑް-19 އިމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް ގެ ދަށުން، އިކޮނޮމިކް މިނިސްޓްރީން ހުށަހަޅާ ލިސްޓަކަށް ބިނާކޮށް އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އެފަރާތްތަކަށް ފަހިކޮށްދިނުމެވެ.
އެ ފަރާތްތަކަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އެމްޓީސީސީން ފަހިކޮށްދޭނީ ކުންފުނީން ކުރަމުން އަންނަ މަސައްކަތްތަކަށް ބަލައި ޓެކްނިކަލް ވަޒީފާތަކަށް ދިވެހިން ހޯދުމަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ދަށުން، ޕްރޮގްރާމަށް ޝަރުތުހަމަވާ ގޮތުގެ މަތީން ކަމަށް އެމްޓީސީސީން މައުލޫމާތު ދީފައިވެއެވެ.
އެމްޓީސީސީން ބުނެފައިވަނީ މި އެމްއޯޔޫގެ ދަށުން، އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ ހާޒިރީއާއި އަދި މަސައްކަތް ކުރާގޮތުގެ ރިވިއު ރިޕޯރޓެއް، ކޮންމެ މަހަކު އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވޭނެ ކަމަށެވެ. މިއެމްއޯޔޫގެ މުއްދަތު ދެމިއޮންނާނީ 31 ޑިސެމްބޒރ 2022 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާ ފަރާތްތަކަށް ސެޓްފިކެޓެއް ދެވޭނެ ކަމަށާއި، އެމްޓީސީސީގެ އުއްމީދަކީ މި ޕްރޮގްރާމް ފުރިހަމަކުރާ މީހުންނަކީ ހުނަރުވެރި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ޤާބިލުބަޔަކަށް ވެގެން ދިޔުން ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.