Last Updated: June 27, 10:25
Saturday, June 27, 2026
ރިޕޯޓް

ރޯދަ ރަހަ: ބްރެޑް ޕުޑިން

* ބޭނުންވާ ތަކެތި:

1 ޕާން (ކުޑަ)
2 ޖޯޑު ފެން
2 ސައިސަމުސާ ވެނީލާ އެސެންސް
1 ޕަކެޓް ހިކި މޭބިސްކަދުރު
2 މޭޒުމަތީ ސަމުސާ ބަޓަރު
5 ބިސް
1 ދަޅު ގެރިކިރު

* ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ޕާނުގެ ކައިރިފަށް ކަފައިލާށެވެ. ދެން ޕާނާއި ކިރާއި ބިހާއި ފެން އަދި ބާކީ ހުރި ހުރިހާ ބާވަތްތައް އެއްކޮށް މިކްސްޗަރަށް އަޅާފައި އޮމާންކޮށް ގިރާލާށެވެ. ދެން ޓްރޭގައި ބަޓަރު ހާކާފައި ގިރާފައި ހުރި ބައި ޓްރޭއަށް އަޅައިފައި އަވަނަށް ލައި ފިހެލާނީ އެވެ.