Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

މިރޭގެ "އިހުޔާ ފޯރަމް" ފުވައްމުލަކުން

ރޯދަ މަހުގެ ރޭތައް އިހުޔާކުރަން އިސްލާމިކް މިނިސްޓްރީން ބާއްވަމުން އަންނަ "އިހުޔާ ފޯރަމް" މިރޭ ފުވައްމުލަކުން ގެނެސްދޭ ގޮތަށް ނިންމައިފި އެވެ.

މި ފޯރަމްގައި "އެންމެ ހެޔޮ އިންސާނާގެ ހަޔާތްޕުޅުގައި އިޖުތިމާއީ ގުޅުން" މި މައުޟޫއަށް ތަގުރީރުކުރައްވާނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އާއި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނީލު އެވެ.

ޏ. އަތޮޅު ތައުލީމީ މަރުކަޒުގައި މިރޭ 9:30 ގައި ފަށަން ހަމަޖެހިފައިވާ "އިހުޔާ ފޯރަމް" ޓީވީއެމުންނާއި އިސްލާމިކް މިނިސްޓްރީގެ ސޯޝަަލް މީޑިއާ ޕްލެޓްފޯމްތަކުން ވެސް ލައިވްކުރާނެ އެވެ.

ކުރީ އަހަރުތަކާ ހިލާފަށް އިސްލާމިކް މިނިސްޓްރީން ވަނީ މި އަހަރު މާލޭގެ އިތުރުން އަތޮޅު ތެރެއިން "އިހުޔާ ފޯރަމް" ގެނެސްދޭން ފަށައިފަ އެވެ. އެގޮތުން ހދ. ކުޅުދުއްފުއްޓާއި އައްޑޫ ހިތަދު އާއި ރ. ދުވާފަރުން ވެސް ފޯރަމް ގެނެސް ދީފައިވެ އެވެ.