ޤާނޫނުލްއުޤޫބާތުން ހިޔާލު ފާޅުކުރުމުގެ ހައްޤު ނިގުޅައިނުގަންނަ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ "އިންޑިއާ އައުޓް" ހަރަކާތަކީ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅާ ރައީސް ސޯޅިހް ނެރުއްވި ޤަރާރުގައި ޤާނޫނުލްއުޤޫބާތުގެ މާއްދާތަކަށް ހާވާލާދިފައިވާތީ އެކަމަށް ރައްދުދެއްވުމުގެ ގޮތުންނެވެ،
އެގޮތުން ޝިޔާމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ޤާނޫނުލްއުޤޫބާތަށް ރިއާޔަތްކޮށް ރަމަޟާންމަހު ރޯމާދުވާލު ޣައިރުޤާނޫނީ އަމުރުތައް ތަންފީޒުކުރަމުގައި ދިވެހި ފުލުހުން އަވަދިނެތި އުޅޭއުޅުމަށް ޖަވާބުދާރީވާން ޖެހޭދުވަސް ކައިރިވެއްޖެ ކަމަށެވެ. އަދި ޤާނޫލް އުޤޫބާތުގެ އެއްވެސް މާއްދާއަކުން ޚިޔާލު ފާޅުކުރުމުގެ ހައްޤު ނިގުޅައިނުގަންނަ ކަމަށްވެސް ޝިޔާމްގެ ޓްވީޓްގައި ބުނެފައިވެއެވެ.
ޤާނޫނުލް ޢުޤޫބާތަށް ރިޢާއަތްކޮށް ރަމަޟާންމަހު ރޯމާދުވާލު ޣައިރުޤާނޫނީ އަމުރުތައް ތަންފީޒުކުރަމުގައި ދިވެހިފުލުހުން އަވަދިނެތި އުޅޭއުޅުމަށް ޖަވާބުދާރީވާން ޖެހޭދުވަސް ކައިރިވެއްޖެ إِنْ شَاءَ ٱللَّٰهُ .ޤާނޫލް އުޤޫބާތުގެ އެއްވެސް މާއްދާއަކުން ޚިޔާލު ފާޅުކުރުމުގެ ޙައްޤު ނިގުޅައިނުގަނޭ pic.twitter.com/yyfGUqeCd4
— Ahmed Shiyam (@Shiyamaldives) April 21, 2022
ރައީސް ސޯލިހް ނެރުއްވާފައިވާ ޤަރާރުގައި ވަނީ، އިންޑިއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ޤައުމީ ސަލާމަތާ ބެހޭ މަޖީލީހުގެ ބައްދަލުވުމުގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި މަސްލަހަތު ގެއްލޭފަދަ ކަންކަން ކުރުމަކީ ޤާނޫނުލްއުޤޫބާތާ ހިލާފު ކަމެއްކަމަށެވެ.
"އިންޑިއާ އައުޓް" ހަރަކާތަކީ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅުމުން ފުލުހުން މިއަދު ވަނީ ކޯޓު އަމުރާއެކު "އިންޑިއާ އައުޓް" ބެނާ ދަމާފައިވާ ގެތަކަށްވަދެ އެ ބެނާތައް ނަގާފައެވެ. އެގޮތުން ކުރީގެ ރައީސް ޔާމީންގެ ގެކޮޅަށް ނަގާފައިވާ ބެނާވެސް ވަނީ ނަގާފައެވެ.