Last Updated: April 28, 18:59
Sunday, April 28, 2024
ޚަބަރު

އައްޑޫގެ ޖިންސީ ގޯނާ: ބަންދުކުރި މީހާ ދޫކޮށްލައިފި

އައްޑޫގައި ކުޑައަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާ ދާދި ދެންމެ ދޫކޮށްލައިފިއެވެ.

ޖިންސީ ގޯނާގެ ތުހްމަތުގައި ހައްޔަރުކޮށްފައި ހުރީ އުމުރުން 59 އަހަރުގެ އަންހެން މީހާ ދޫކޮށްލީ ދެންމެ އެވެ. އަދި ހުޅުމީދޫ ޕޮލިސް ސްޓޭނުގައި ހުރި އެމީހާ އޭނާ ދިރިއުޅޭ ހިތަދޫއަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އޭނާގެ މައްޗަށް ކުރެވޭ ތުހްމަތާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރު ބާތިލް ކުރަން އޭނާގެ ފަރާތުން ހައިކޯޓަށް ހުށައެޅުމުން އެ ކޯޓުންވެސް އެ އަމުރަށް ތާއީދުކޮށްފަ އެވެ.

ސްކޫލުގައި ކިޔަމުންދާ އުމުރުން ހަ އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހްމަތުގައި މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ ހިތަދޫއން ހައްޔަރު އެ އަންހެން މީހާއަކީ ޝަރަފުއްދީން ސްކޫލްގެ މަސައްކަތު މީހެކެވެ. އެމީހާ ބަންދުން ދޫކޮށްލީ ކީއްވެ ކަމެއް އަދި ފުލުހުން ނުބުނެ އެވެ.

އެ އަންހެން މީހާގެ ބަންދާގުޅިގެން އެމީހާގެ އާއިލާއާއި ބައެއް މީހުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.