Last Updated: July 5, 06:17
Saturday, July 5, 2025
ޚަބަރު

ހަފުތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

މޫސުން ގޯސް ދުވަހެއް - ފޮޓޯ: މިހާރު

ކުރިއަށް އޮތް ހަފުތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ހަފުތާ ބަންދުގައި މޫސުން އެންމެ ގޯސް ވާނީ ހުކުރު ދުވަހު ކަމަށެވެ.

އެގޮތުން ހުކުރު ދުވަހު މެދުރާއްޖެތެރެ އާއި އުތުރުގެ ރަށްތަކަށް ގުރުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަ ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ހޮނިހިރު މޫސުން އެންމެ ގޯސްވާނީ މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. އަދި ހޮނިހިރު ދުވަހު ދެކުނުގެ ބައެއް އަތޮޅުތަކަށް އާދައިގެ ވަރަކަށް ވާރޭ ވެހުން އެކަށީގެންވާ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.