ރާއްޖޭގެ އިދިކޮޅު މައި ޕާޓީ، ޕީޕީއެމުން މިރޭ މާލޭގައި ހާއްސަ ދަރުހެއް ބާއްވަން ނިންމައިފި އެވެ
އެ ޕާޓީން ބުނީ "ރަމަޟާން މަހުގެ ފަހު ދިހައިގެ މަތިވެރިކަން" މި ނަމުގައި ބާއްވާ ދަރުހުގައި ތަގުރީރުކުރައްވާނީ އުސްތާޒް ހައިޒަމް މުހައްމަދު ކަމަށެވެ. ދަރުސް އޮންނާނީ ޕީޕީއެމް އޮފީހުގައި 9:30 ގަ އެވެ.
މި ދަރުސް ޗެނެލް 13 އިން ލައިވްކުރާނެ އެވެ.
ރަމަޟާންމަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ ގޮތުން ޕީޕީއެމުން ބާއްވާ ޚާއްސަ ޖަލްސާ23 އޭޕްރީލް 2022 ވާ ހޮނިހިރު ދުވަހުގެރޭ 21:30ގައި ޕީޕީއެމް އޮފީހުގަ
މިޖަލްސާގައި ދަރުސް ދެއްވާނީ އަލްއުސްތާޛު ހައިޘަމް މުޙައްމަދު
މި ޖަލްސާއަށް ހުރިހާ ބޭފުޅުންނަށް ދަޢުވަތު އަރުވަން. pic.twitter.com/b2BTJEO0nI— Progressive Party of Maldives (@ProgressPartyMV) April 22, 2022
މި ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލޭގައި ހުޅުވި ކިންގް ސަލްމާން މިސްކިތުގައި ދަރުހެއް ބޭއްވުމުގެ ހުއްދައަކަށް ވެސް ޕީޕީއެމުން އެދުނެވެ. އެކަމަކު އިސްލާމިކް މިނިސްޓްރީން އެ ހުއްދަ ދީފައެއް ނުވެ އެވެ. ސަލްމާން މިސްކިތަކީ ޕީޕީއެމްގެ މިހާރުގެ ލީޑަރު އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބިނާކުރި މިސްކިތެކެވެ.