Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

13 އަތޮޅަކަށް މޫސުން ގޯސްވެ ވައިޓް އެލާޓް

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހދ.އަތޮޅުން ފެށިގެން ވ.އަތޮޅާއި ހަމައަށެވެ. މި އެލާޓް ނެރެފައިވަނީ ދަންވަރު 23:00 އާއި ހަމައަށެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މި ހަފްތާ ބަންދުގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.