ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފަން ރަށް، ޅ. ހިންނަވަރަށް އިއްޔެ ވަޑައިގަތުމާ އެކު ރަށަށް ވަނީ ބޮޑު އުފާވެރި ކަމެއް ވެރިފަ އެވެ. އާއިލާގެ ބޭފުޅުންގެ ގާތަށް ރަށަށް ވަޑައިގަތް ފަހުން އާންމު ރައްޔިތުންނާ އެއްގޮތަށް ރަށުތެރެއަށް ނުކުމެވަޑައިގެން ރައީސް ގެންދަވަނީ ރައްޔިތުންނާ ބައްދަލުކުރަމުންނެވެ.
ކުއްޖަކު ރައީސް އަށް އަނބުކޮތަޅެއް ހަދިޔާކުރާ މަންޒަރު!! pic.twitter.com/g5kJz0WvSE
— 𝒜𝓃𝑒𝑒𝓁 𝑀𝓊𝒻𝑒𝑒𝒹 ⚖🇲🇻 (@aneelmufeed) April 23, 2022
އިއްޔެ ހަވީރާއި ރޭ ވެސް އެތައް ބަޔަކާ ރައީސާ ބައްދަލުކުރެއްވި އެވެ. އެގޮތުން ބައެއް މީހުން ރޯދަ ކުރުކުރަން ކުރަން ތިބި ކަންކަން ބައްލަވާލައްވައި ބައެއް ކަންކަމުގައި ވެސް ރައީސް ބައިވެރިވަޑައިގެންނެވި އެވެ.
Raees 🤩💛 pic.twitter.com/Wt1YykkkNZ
— Ché (@LamanMohamed) April 22, 2022
ރައީސްގެ ރަށު ދަތުރުގެ ބައެއް މަންޒަރުތައް އެކި މީހުން އަންނަނީ ޓްވިޓާގައި ޕޯސްޓްކުރަމުންނެވެ.
ރައިސްގެ ކިބައިން ފެންނަނީ އެކުވެރިކަމާއި ، މަޑުމައިތިރިކަމުގެ ރިވެތި ސިފަތަކެވެ. ވަކި އުމުރެއް ވަކިފަންތިއެއް ނެތި ބައްދަލުކުރައްވަނީ ހިނިތުންވުމާއި އެކުއެވެ. 😊 #Heyoverikan #MyPresident pic.twitter.com/Sv2sG13TSU
— 𝒜𝓃𝑒𝑒𝓁 𝑀𝓊𝒻𝑒𝑒𝒹 ⚖🇲🇻 (@aneelmufeed) April 22, 2022
އެގޮތުން މިއަދު އެންމެ ފާހަގަކޮށްލެވުނު އެއް ފޮޓޮ އަކީ ކުއްޖަކު ރައީސަށް އަނބު ކޮތަޅެއް ހަދިޔާކުރި ފޮޓޯ އެވެ. އެ ކޮތަޅުން އަނބެއް ނަންގަވައި، ރައީސް އޭގެ ވަސް ވެސް ބެއްލެވި އެވެ.
ރައިސްގެ ކިބައިން ފެންނަނީ އެކުވެރިކަމާއި ، މަޑުމައިތިރިކަމުގެ ރިވެތި ސިފަތަކެވެ. ވަކި އުމުރެއް ވަކިފަންތިއެއް ނެތި ބައްދަލުކުރައްވަނީ ހިނިތުންވުމާއި އެކުއެވެ. 😊 #Heyoverikan #MyPresident pic.twitter.com/NRkxkDCNEA
— 𝒜𝓃𝑒𝑒𝓁 𝑀𝓊𝒻𝑒𝑒𝒹 ⚖🇲🇻 (@aneelmufeed) April 22, 2022
ކޮންމެއަކަސް ރޯދަ މަހުގެ އެންމެ ފަހުގެ ދުވަސްތައް އާއިލާގެ މީހުންނާއި ރަށުގެ ރައްޔިތުންނާ އެކު ހޭދަކުރަން ރައީސް ހިންނަވަރަށް ވަޑައިގަތުމުން އެ ރަށަށް ވަނީ އިތުރު ދިރުމެއް އައިސްފަ އެވެ. ރައްޔިތުންގެ ފަރާތުން ފެންނަނީ އެ އުފާވެރިކަމެވެ.