Last Updated: April 24, 18:14
Wednesday, April 24, 2024
ރިޕޯޓް

ރޯދަ ރަހަ: ކައްޓަލަ ބަތް

* ބޭނުންވާ ތަކެތި:

3 ޖޯޑު ބަތް
ލޮނުމެދުކޮޅެއް (ކޮށާލާފައި)
½ ޖޯޑު ފިޔާ (ކޮށާފައި)
1 މޭޒުމަތީ ސަމުސާ އިނގުރު ދިޔަ
½ ސައި ސަމުސާ މުގުރި މިރުސް/ތެޅި މިރުސް/ލޮނު މިރުސް ހަވާދު
2 ކައްޓަލަ (ފެނު ކައްކާފައި)
3 ސައި ސަމުސާ ޒައިތޫނި ތެޔޮ
ލޮނު
* ތައްޔާރުކުރާނެ ގޮތް:

ތެއްޔެއްގެ ތެރޭގައި ތެޔޮފޮދު ހޫނުކުރަން ފަށާށެވެ. ދެން އޭގެތެރެއަށް ލޮނުމެދުކޮޅު އަޅާލުމަށް ފަހު މުށި ކުލަ ހަނާކައްކާށެވެ. އެއަށް ފަހު ކައްޓަލަކޮޅު އަޅާލުމަށް ފަހު ކުޑަކޮށް ކައްކާލާށެވެ. ދެން، މުގުރި މިރުސްކޮޅާއި އިނގުރު ދިޔަފޮދު އެޅުމަށް ފަހު ރަނގަޅަށް ކައްކާލާށެވެ. ދެން، ފިޔާކޮޅު އަޅައި ކުޑަކޮށް ރޯފިލުވާލާށެވެ. އޭގެ ފަހުން، ބަތްކޮޅު އެޅުމަށް ފަހު، ރަނގަޅަށް އެއްކޮށްލާނީ އެވެ.