Last Updated: June 13, 02:24
Saturday, June 13, 2026
ޚަބަރު

ބާރަށު ބަނދަރު ފުންކުރުން ބާރަށް ކުރިއަށް

ހއ. ބާރަށް ބަނދަރު ސަރަހައްދު ފުންކުރުމުގެ މަސައްކަތުގެ ބޮޑޫ ބައެއް ނިމިއްޖެއެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ، ހއ. ބާރަށް ނެރު އަދި ބަނދަރު ސަރަޙައްދު ފުންކުރުމުގެ މަޝްރޫއުގެ ދަށުން، ކުރިން ފުންކޮށްފައިވާ ހާބަރ ބޭސިން އަލުން ފުންކުރުމުގެ މަސައްކަތުގެ 63 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 28،101 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ހއ. ބާރަށް ނެރު އަދި ބަނދަރު ސަރަޙައްދު ފުންކުރުމުގެ މަޝްރޫއަކީ 12.17 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.