Last Updated: June 27, 10:25
Saturday, June 27, 2026
ޚަބަރު

އެމްޓީސީސީގެ ހިއްސާއަކަށް 3.50ރ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ އިން ކޮންމެ ހިއްސާއަކަށް 3.50ރ. ބަހަން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު (5ރ.) ގެ ކޮންމެ ހިއްސާއަކަށް 3.50ރ. ބަަހަން ނިންމާފައިވާ ކަމަށާއި އެއީ ޖުމްލަ 28,132,122ރ. ކަމަށެވެ.

ހިއްސާއަކަށް 3.50ރ. ބަހަން ނިންމީ އަންގާރަ ދުވަހު ވަނަ ބޭއްވި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއިންނެވެ.

ހިއްސާގެ ފައިދާ ލިބޭނީ މި މަހުގެ 18 އާ ހަމައަށް އެމްޓީސީސީ ރަޖިސްޓްރީގައި ހިމެނޭ ހިއްސާދާރުންނަށެވެ.