މިހާރު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ގދ. ފަރެސްމާތޮޑާ އެއާޕޯޓްގެ ރަންވޭ ބޮޑުކޮށް، އެތަން އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކޮށްދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅަން އެ އަތޮޅު ކައުންސިލުން ނިންމައިފި އެވެ.
ފަރެސްމާތޮޑާ ކައުންސިލުން އެގޮތަށް ނިންމީ އަތޮޅު ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 39 ވަނަ ބައްދަލުވުމުގެ މަޝްވަރާގެ މަތިން އެ ރަށުގެ އެއާޕޯޓު ބޮޑުކުރަން ވެސް މަޝްވަރާކުރުމަށް ފަހު އެވެ. އިންޓަނޭޝަލް އެއާޕޯޓަކަށް ހެދުމަށް 1.8 ކިލޯ މީޓަރުގެ ރަންވޭއެއް އޮންނަން ޖެހެ އެވެ.
ފަރެސްމާތޮޑާ އެއާޕޯޓް 1،200 މީޓަރުގެ ރަންވޭއަކާ އެކު ހެދުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 10، 2020 ގަ އެވެ. ދޮޅު އަހަރުން ނިންމާ ގޮތަށް އެއާޕޯޓަށް 144،833،139ރ. ހޭދަކުރެ އެވެ.
އަތޮޅު ކައުންސިލުން ބުނީ ގދ. އަތޮޅަކީ މިހާރު ވަރަށް ބޮޑަށް ޓޫރިޒަމް ދާއިރާ ވެސް ފުޅާވެ ކުރިއަރަމުން އަންނަ އަތޮޅަކަށްވާތީ އިންޓަނޭޝަނަލް އެއާޕޯޓްއެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އެހެންވެ ގިނަ ބައެއްގެ މަޝްވަރާގެ މަތިން ފަރެސްމާތޮޑާ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމަށް ހުށަހަޅަން ނިންމީ އެ އެއާޕޯޓް ހެދުމިގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، މާ ބޮޑު ޚހަރަދެއް ނުކޮށް ބޮޑުކުރެވޭނެނެ ފުރުސަތު އޮތުމުން ކައިންސިލުން ބުންޏެވެ.