Last Updated: July 12, 14:13
Sunday, July 12, 2026
ދުނިޔެ

ޓްވިޓާގެ ވީޑިއޯތަކަށް "ސީސީ" ބަޓަން

ޓްވިޓާ އަށް ޕޯސްޓްކުރާ ވީޑިއޯތަކުގައި ހުންނަ ކެޕްޝަންތައް ފެންނަ ގޮތާއި ނުފެންނަ ގޮތަށް ހަދާލެވޭ "ސީސީ" ބަޓަން މިހާރު ޓެސްޓްކުރަން ފަށައިފި އެވެ.

މިކަން އިއުލާންކޮށް ޓްވިޓާ އިން ބުނި އޭގެ ޓެސްޓިން މަރުހަލާ މި ވަގުތު ކުރިއަށް ދަނީ ހަމައެކަނި އައިއޯއެސް ޑިވައިސްތަކުގައި ކަަމަށެވެ. އެކަމަކު ވަރަށް އަވަހަށް އެންޑްރޮއިޑްގައި ވެސް ޓެސްޓްކުރަން ފަށާނެ ކަމަށް ބުންޏެވެ.

"ސީސީ" ބަޓަން" އިންނާނީ ވީޑިއޯގެ ކަނާތް ފަރާތު މަތީގަ އެވެ. މި ޓެސްޓްކުރަމުން ދިޔަޔަސް އާންމުކޮށް ދޫކޮށްލާނެ އިރެއް ޓްވިޓާ އިން ނުބުނެ އެވެ.

އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ޓްވިޓާ އިން ދާދި ފަހުން ބުނި ގޮތުގައި މިހާރު އަންނަނީ ޓްވީޓްތައް އެޑިޓްކުރެވޭ ފީޗާއެއް ވެސް ޓެސްޓްކުރަން ތައްޔާރުވަމުންނެވެ.