Last Updated: June 13, 02:24
Saturday, June 13, 2026
ޚަބަރު

ދަރަވަންދޫ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް

ބ. ދަރަވަންދޫ ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދަމުން އަންނަކަން އެ މަސައްކަތް ކުރަމުން އަންނަ އެމްޑަބްލިއުއެސްސީން ހާމަކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން ބުނެފައިވަނީ މިމަސައްކަތުގައި މިހާރު ކުރިއަށްދަނީ ނަރުދަމާ ނިޒާމުގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތް ކަމަށެވެ. އަދި މިމަސައްކަތަށް ބޭނުންވާ ތަކެތި ދަރަވަންދޫއަށް ގެންދެވިފައިވާކަމަށެވެ.

މިމަޝްރޫއުގެ ދަށުން ދަރަވަންދޫގައި 9.54 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމުކުރުމާއި، 780 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ތިން ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލް ގާއިމުކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ ގެތަކަށް ނަރުދަމާ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.

ދަރަވަންދޫގެ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއަކީ 40.29 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.