މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކެމްޕޭނަށް ޅ. އަތޮޅަށް ވަޑައިގެންފިއެވެ.
ފޯރިގަދަ ވެފައިވާ އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނަށް އިންތި ޅ. އަތޮޅަށް ވަޑައިގެންފައިވަނީ މިއަދުއެވެ.
އިންތި އަންނަނީ ޅ. އަތޮޅު ރަށްރަށުގައި ދޮރުން ދޮރަށް ހަރަކާތް ހިންގަމުންނެވެ.
ތިލަފަތުގެ ރަމްޒު – އިމްތިޔާޒް ފަހުމީ ކެމްޕެއިން.
ޅ. އޮޅުވެލިފުށީ ގައި #ދޮރުންދޮރަށް #Live @Imthiyazfahmy #ThilafathugeRamzu #InthiAaEku pic.twitter.com/btqy751Loi— Sim (@Simwarr) April 24, 2022
އެންމެ ފަހުން އިންތި ކެމްޕޭނަށް ވަޑައިގަތީ ރ. އަތޮޅަށެވެ. އެގޮތުން މިމަހު 21 ވަނަ ދުވަހުން 23 ވަނަ ދުވަހުގެ ނިޔަލަށް އިންތި ކެމްޕޭންގައި ރ. އަތޮޅު ރަށްތަކުގައި ހަރަކާތްތެރިވެފައިވެއެވެ.
އިންތިގެ ކެމްޕޭންގައި އެންމެބޮޑަށް ދައްކަވަމުން އަންނަ އެއް ވާހަކައަކީ އެމްޑީޕީން ރައީސް ނަޝީދު އެކަހެރި ނުކޮށް ރައީސް ނަޝީދާއެކު މަސައްކަތް ކުރައްވާނެ ވާހަކައެވެ. އަދި އެމްޑީޕީގެ އަސްލު އުސޫލުތަކަށް ރުޖޫއަކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.
އިމްތިޔާޒް ފަހުމީއާ މި އިންތިހާބުގައި ވާދަކުރަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއެވެ. ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން އޮންނާނީ މޭ 14 ވަނަ ދުވަހުއެވެ.