Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

ޔޫރޯވިންގްސްގެ ދަތުރުތައް ރާއްޖެ އަށް ފަށައިފި

ޖަރުމަންގެ އަގުހެޔޮ އެއާލައިނެއް ކަމަށްވާ ޔޫރޯވިންގްގްސްގެ ދަތުރުތައް ރާއްޖެ އަށް އިއްޔެ ފަށައިފި އެވެ.

މި ދަތުރުތައް ބާއްވަން ހަމަޖެހިފައި ވަނީ ހަފުތާގެ ތިން ދުވަހު ޖަރުމަންގެ ފްރެންކްފަޓުން ސީދާ ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށެވެ. ޔޫރޯވިންގްސްގެ ރާއްޖެ ދަތުރުތަކާ އެކު ޖަރުމަނުން ރާއްޖެ އަށް އަންނަ ޓޫރިސްޓުން ވެސް މިހާރަށް ވުރެ ބޮޑަށް އިތުރުވާނެ އެވެ.

އެ ގައުމަކީ މިހާރު ވެސް ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. އެގޮތުން މިހާރު އޮތީ އެންމެ ގިނައިން ޓޫރިސްޓުން އަންނަ ހަތަރު ވަނަ ގައުމުގެ ގޮތުގަ އެވެ.

މީގެ 28 އަހަރު ކުރިން ވައިގެ ހިދުމަތަށް ނުކުތް ޔޫރޯވިންގްސް އަކީ މިހާރު 130 މަންޒިލަކަށް އުދުހޭ އަދި ފްލީޓްގައި 94 ބޯޓް އޮންނަ އެއާލައިނެކެވެ.