ޒަމާނީ އޮއިވަރުގެ ސަބަބުން އަހުލާގަށް މިހާރު މީހުންގެ ވަރަށް ނުރަނގަޅު އަސަރުކުރާ ކަމަށް ޑރ. އަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.
ރޭގެ އިހުޔާ ފޯރަމްގައި، "ޒަމާނީ އޮއިވަރުތަކުން ރައްކާތެރިވެތިބުމަށް މަގެއް" މައުޟޫއަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޒަމާނަކީ ބަދަލުވަމުން އަންނަ އެއްޗެއް ކަމަށާއި ދުނިޔޭގައި ކޮންމެ ބިތެއްގައި ހިނގާ ކޮންމެ ކަމެއްވެސް ދުނިޔޭގެ ކޮންމެ ބިތަކަށް ވެސް ފޯރާ ކަމަށެވެ. އަދި އްޖެއަކީ ކިތަންމެ ކުޑަ ގައުމަކަށް ވިޔަސް ތަފާތު އެކި އަސަރުތައް ދިވެހިންނަށް ވެސް އަންނާނެ ކަމަށާއި އޭގެ ތެރޭގައި ޒަމާނާއެކުވެގެން އަންނަ ރަނގަޅުކަންތައް ވެސް ހުންނަ ކަމަށް ވިދާޅުވި އެވެ.
ންނަމަވެސް ޒަމާނުގެ އޮއިވަރުގެ ތެރެއިން ފިކުރުތަކަށް އަސަރު ކުރާކަމަށާއި ހަމަ އެހެންމެ މި އޮއިވަރުގެ ތެރެއިން އަހުލާގަށް ވެސް ވަރަށް ނޭދެވޭ އަސަރު ކުރާ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދުނިޔޭގައި އިންސާނުން ލެއްވި ހިސާބުން ޝައިޠާނާ އިންސާނުން މަގުފުރެއްދުމަށް ވަޢުދުވެ، ގިޔާމަތާ ހަމައަށް ވެސް އެ މަސައްކަތް ކުރާނެކަމަށް ބުނެ އެގޮތަށް އެކަން ކުރަމުންދާ ކަމަށާއި ހަމަ އެ ޝައިޠާނާގެ އަވައިގައި ޖެހިގެން އުޅޭ އިންސާނުން ވެސް މީސްތަކުންގެ ތެރޭގައި އުޅޭ ކަމަށެވެ.
އިޙްޔާ ފޯރަމް
"ޒަމާނީ އޮއިވަރުތަކުން ރައްކާތެރިވެ ތިބުމަށް މަގެއް"
ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، އައްޝައިޚް ޢަޡްމަތު ޖަމީލު
24 އެޕްރީލް 2022#MVIaffairs #Roadha43 #IhyaForum#އިޙްޔާ#ރޯދަ1443 pic.twitter.com/jrQSL8NpBv— Ministry of Islamic Affairs (@MVIaffairs) April 24, 2022
ފިކުރަށް މެދުވެރިވާ ނޭދެވޭ ކަންތައްތަކަށް ބައްލަވާލައްވަމުން އޭގެ ތެރޭގައި ފިކުރު ތަޣައްޔަރުކޮށްލާ ފަދަ ކަންކަން ހިމެނޭ ކަމަށާއި ދީނީ ހުދޫދުން ނެއްޓިގެން މިނިވަންވުމުގެ ފިކުރު ބައެއް މީހުންނަށް ކުރެވޭ ކަމަަށް ވެސް އަލީ ޒާހިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިސްލާމް ދީނާއި ދުރުވެގެން ކާމިޔާބެއް ނެތް ކަމަށާއި މާތްﷲގެ ހަޟްރަތުގައި ދީނަކީ އިސްލާމްދީން ކަމަށެވެ އަދި އެ ދީން ފިޔަވައި އެހެން ދީނެއް އެދެފި މީހެއްގެ ކިބައިން ހަމަ ކަށަވަރުން ގަބޫލު ނުކުރޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިސްލާމީ މުޖުތަމަޢުތަކާއި ހުޅަނގުގެ ޣައިރު މުސްލިމުންގެ އުޅުމާއި ފެންނަ ގޮތާއި އެއްގޮތްކަން ފާހަގަކުރައްވައި އެފަދަ މީހުންނާއި ތަބަޢަ ވާނެކަމަށް ރަސޫލާ ﷺ އިންޒާރުދެއްވާފައިވާކަންވެސް އަލީ ޒާހިރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ އައުރަ ނިވާވުމުގައި އިސްލާމްދީނުގެ މިންގަނޑުތަކުގެ ތެރޭގައި ތިބުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި މީގެ ތެރޭގައި އަންހެނުންނާއި ފިރހެނުން ވެސް ހިމެނޭ ކަމަށެވެ. އަދި މިހާރު ވަރަށް ގިނަ ބަޔަކު ވާހަކަ ދެއްކުމުގައި ވަރަށް ހަޑިހުތުރު ބަސް ބޭނުންކުރާތީ އެކަން އެގޮތަށް ނުކުރުމަށް ނަސޭޙަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި ޒަމާނީ އޮއިވަރުގައި ޖެހި ހިނގަމުންދާ ކަމެއް ކަމަށާއި އެފަދަ ހަޑި ހުތުރު ބަސް ބޭނުންނުކޮށް ވާހަކަ ދެއްކުމުގައި އިސްލާމް ދީނުގެ އަޚްލާގަށް ބަލައިގެން އެގޮތަށް ވާހަކަ ދެއްކުމަށް ވެސް ވިދާޅުވި އެވެ.
އަލީ ޒާހިރު ވިދާޅުވީ މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް ކަމަށާއި ޒަމާނަށް އަންނަ ބަދަލުތަކާ ހެދި މިސްރާބު ނުރަނގަޅު މިސްރާބަކަށް ދިޔަ ނުދޭން މަސައްކަތްކުރަން ދީނުގައި ހިފަހައްޓައިގެން ތިބެން ޖެހޭ ކަމަށެވެ.