Last Updated: June 27, 10:25
Saturday, June 27, 2026
ޚަބަރު

މިރޭގެ "އިހުޔާ ފޯރަމް" ތިނަދޫ އިސްލާމީ މަރުކަޒުން

ރޯދަ މަހުގެ ރޭތައް އިހުޔާކުރަން އިސްލާމިކް މިނިސްޓްރީން ބާއްވަމުން އަންނަ "އިހުޔާ ފޯރަމް" ގެ ތެރެއިން މިރޭގެ ފޯރަމް ގދ. ތިނަދޫ އިސްލާމީ މަރުކަޒުން ގެނެސްދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ފޯރަމްގައި "ހުޖުރާތު ސޫރަތުގެ އަލީގައި އިންސާނާގެ ކަރާމާތް" މި މައުޟޫއަށް ވާހަކަ ދައްކަވާނީ ޑރ. އަބްދުﷲ ޖަމީލާއި ޝައިހް ހުސައިން އަބްދުﷲ ސައީދެވެ. މިރޭ 9:30 ގައި ފަށާ ފޯރަމް އިސްލާމިކް މިނިސްޓްރީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ލައިވް ކުރާނެ އެވެ.

ކުރީ އަހަރުތަކާ ހިލާފަށް އިސްލާމިކް މިނިސްޓްރީން ވަނީ މި އަހަރު މާލޭގެ އިތުރުން އަތޮޅު ތެރެއިން "އިހުޔާ ފޯރަމް" ގެނެސްދޭން ފަށައިފަ އެވެ. އެގޮތުން ހދ. ކުޅުދުއްފުއްޓާއި އައްޑޫ ހިތަދު އާއި ރ. ދުވާފަރާއި ފުވައްމުލަކުން ވެސް މި ފަހަރު ފޯރަމް ގެނެސް ދީފައިވެ އެވެ.

މިރޭ ތިނަދޫގައި ބާއްވާ ފޯރަމަކީ މި އަހަރުގެ 12 ވަނަ ފޯރަމެވެ.