Last Updated: July 17, 06:30
Friday, July 17, 2026
ޚަބަރު

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނެ

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މޫސުން ތަންދޭނަމަ މާލޭގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގަ އެވެ. ހުޅުމާލޭގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ހުޅުމާލެ ސްޓޭޑިއަމް އަދި ވިލިމާލޭގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ވިލިމާލޭ ބަނދަރު ސަރައްދުގަ އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ އީދު ނަމާދަށް އަންނައިރު ގެއިން ވުޟޫކޮށްގެން އައުމަށާއި، އަމިއްލަ މުސައްލައެއް ގެނައުމަށާއި، އަމިއްލަ ފެންފުޅިއެއް ގެނައުމުގެ އިތުރުން ފައިވާން ލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެނައުމަށް އިލްތިމާސްކޮށްފަ އެވެ.

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ނިން މިނަމަވެސް މޫސުން ތަންނުދޭނަމަ ޢީދު ނަމާދު ކުރުން އޮންނާނީ މިސްކިތްތަކުގައި ކަމަށް މިނިސްޓްރީން ބުނެ އެވެ.