ނ. ކެނދިކުޅުދޫ ގެއަކުން ވަގަށް ނެގި ގިނަ އަދަދެއްގެ ފައިސާ ހޯދައި، ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ރަށު ގެއަކުން 180،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މި މައްސަލަ ފުލުހުންނަށް މި މަހު 16 ގައި ރިޕޯޓްކުރުމުން އެ ފައިސާ ހޯދަން މަނަދޫ ޕޮލިހާއި ލަންދޫ ޕޮލިސް އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހާއްސަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ.
އެގޮތުން ރޭ ކުރިއަށް ހިންގި އޮޕަރޭޝަނެއްގައި، ވައްކަމުގެ ތުހުމަތުގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ވަގަށް ނެގި ފައިސާގެ ތެރެއިން 150،000 އަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެވެ. އެ ފައިސާ ފެނުނީ ކެނދިކުޅުދޫ ވަލުތެރޭގައި ފޮރުވާފައި ހުއްޓަ އެވެ.
މި އޮޕަރޭޝަނުގައި ރަށުގެ ރައްޔިތުންގެ އެހީތެރިކަން ވެސް ފުލުހުންނަށް ލިބުނެވެ.
މި ވައްކަމާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.