ހުޅުމީދޫގައި އެހީތެރިކަން ބޭނުންވާ ގޭބިސީތަކަށް އެ އަވަށު ޕޮލިސް ސްޓޭޝަނުން ރޯދަ ހަދިޔާ ދީފި އެވެ.
ގެތަކަށް ފުލުހުންގެ ފަރާތުން ދިން ރޯދަ ހަދިޔާ ޕެކޭޖްގައި ހިމެނެނީ ރޯދަ މަހު އާންމުކޮށް ބޭނުންވާ ކަހަލަ ބައެއް ތަކެއްޗެކެވެ. ފުލުހުންގެ ފަރާތުން މި ރޯދަ ހަދިޔާ ހުޅުމީދޫގެ ބައެއް ގޭބިސީތަކަށް ހަދިޔާކުރުން އޮތީ އިއްޔެ އެވެ. ހަދިޔާ ދިނީ މާލީ ގޮތުން އެންމެ ދަތި ގޭބިސީތައް ބަލައި އެފަދަ އާއިލާތައް ތިބި ގޭބިސީތަކަށެވެ.
ފުލުހުންގެ ފަރާތުން ލިބުނު މި ހަދިޔާ އަށް އާންމުން ޝުކުރު އަދާކޮށްފައިވެ އެވެ.