Last Updated: June 13, 02:24
Saturday, June 13, 2026
ޚަބަރު

މީޑިއާ ކައުންސިލްގެ ތިޖޫރި ފަޅާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ތިޖޫރި ފަޅާލައިފިއެވެ.

މީޑިއާ ކައުންސިލުން ބުނެފައިވަނީ އެކަން އެގިފައިވަނީ މިއަދު ހެނދުނު 8:43 ގައި މުވައްޒަފުން އޮފީހަށް ނުކުތުމުން ކަމަށެވެ. އަދި އެހިސާބުން އެކަން ދިވެހި ފުލުހުންގެ ހިދުމަތަށް އަންގާފައިވާ ކަމަށެވެ.

މިމައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

މީޑިއާ ކައުންސިލުން ބުނެފައިވަނީ އެވަގުތު ތިޖޫރީގައި ހުރީ މީޑިއާ ކައުންސިލުން ޕެޓީ ކޭޝްގެ ގޮތުގައި ބޭނުންކުރަން ބަހަށްޓާފައިވާ 3612 ރުފިޔާ ކަމަށެވެ. އަދި އެ ނޫން އިތުރު އެއްވެސް އެއްޗެއް މީޑިއާ ކައުންސިލުން ގެއްލިފައި ނުވާ ކަމަށެވެ.