Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

މާދަރީ ބަހުގެ ދުވަހުގެ ހަރަކާތްތައް ފަށައިފި

މި އަހަރުގެ މާދަރީ ބަހުގެ ދުވަހުގެ ހަރަކާތްތައް އައްޑޫގައި ފަށައިފި އެވެ.

އެގޮތުން މި ދުވަސް ރަސްމީކޮށް، މި އަހަރު ފާހަގަ ކުރާ އައްޑޫގައި ދުވަހާ ގުޅުވައިގެން އައްޑޫ ހުރިހާ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ "އަދަބީ ކާނިވާ" މިހާރު ކުރިއަށް ދަނީ ހިތަދޫ ޝަރަފުއްދީން ސްކޫލްގަ އެވެ.

މި ހަރަކާތުގައި އަދަބީ ވަރަށް ގިނަ ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ. އަދި އައްޑޫގެ ހުރިހާ ޕްރީ ސްކޫލްތަކަށް ބާއްވާ "އަދަބީ ހަވީރު" މިހާރު ކުރިއަށް ދަނީ މަރަދޫ ޕާކްގަ އެވެ.

ދުވަހާ ގުޅުވައިގެން ބާއްވާ ރަސްމީ ޖަލްސާ މިރޭ ހިތަދޫ ޝަރަފުއްދީން ސްކޫލުގައި އޮންނާނެ އެވެ.