އުމުރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެއެވެ.
އުމުރާއަށް ގޮސް އުޅެނިކޮށް ނިޔާވެފައިވަނީ ބ. އޭދަފުށީ، މާބަގީޗާގޭ 76 އަހަރުގެ އަބޫބަކުރު ހަސަން (ބަކުރުބޭ)އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ ހަރަމްފުޅުގައި ފަތިސް ނަމާދުކޮށްގެން އެނބުރި ހޮޓަލަށް އައިފަހުންނެވެ.
އޭނާ އުމްރާއަށް ދިޔައީ އަންހެނުންނާއި ހުރިހާ ކުދިންނާއި ބައެއް ކާފަ ކުދިންނާވެސް އެކު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.