ކުރިއަށް އޮތް ފިތުރު އީދާ ދިމާކޮށް އަންނަ މަހުގެ ފުރަތަމަ ހަފުތާ އެއްކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ގައުމީ ބޭންކުން މިއަދު ބުނީ ބޭންކް ހުޅުވައިގެން ހިދުމަތް ދިނުން ހަފުތާއަކަށް ބަންދުކުރި ނަމަވެސް ސެލްފް ސާވިސް ސެންޓަރުތަކުން 24 ގަޑިއިރު ހިދުމަތްތައް ލިބޭނެ ކަމަށެވެ.
އީދު ބަންދުގެ ކުރިން ބީއެމްއެލްގެ ބްރާންޗްތައް ހުޅުވައިގެން ހިދުމަތް ދޭނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:30 އިން 12:00 އަށެވެ.