Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

އަމިއްލަ ފަރާތްތަކަށް ހޮސްޕިޓަލު ހިންގުމުގެ އިތުރު ފުރުސަތު ދޭން ގޮވާލައިފި

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައީސް އޮފީސް

އަމިއްލަ ފަރާތްތަކަށް ހޮސްޕިޓަލު ހިންގުމުގެ އިތުރު ފުރުސަތު ދިނުން ބޭނުންތެރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޓްވީޓްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ސިއްހީ ކަންކަން ރަނގަޅު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ވިސްނުންތެރި ކަމާއެކު ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.

ރައީސް ނަޝިދު ވިދާޅުވީ އަމިއްލަ ފަރާތްތަކަށް ހޮސްޕިޓަލު ހިންގުމުގެ އިތުރު ފުރުސަތުތައް ވަރަށް ބޭނުންތެރި ކަމަށާއި، ބޭރުގެ ހޮސްޕިޓަލް ޗެއިންތައް ރާއްޖެއަށް ގެނެވޭނެ ކަަމަށެވެ.

ރައީސް ނަޝީދު މި ޓްވީޓް ކުރެއްވި ސީދާ ސަބަބެއް ސާފެއް ނުވެއެވެ. މިހާރު އެމަނިކުފާނު ހުންނެވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި އޮބްސާވާ ރިސާޗް ފައުންޑޭޝަން ގުޅިގެން ބާއްވާ ހަތް ވަނަ ރައިސިނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ވަޑައިގެންނެވެ.