Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

"ނަލަނަލަ ރާއްޖެ ވީޑިއޯ ޗެލެންޖް"ގެ މުއްދަތު އިތުރުކޮށްފި

ނަލަނަލަ ރާއްޖެ ވީޑިއޯ ޗެލެންޖްގެ މުއްދަތު އިތުރުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަން ޔޫބީލް އަހަރުގެ މުނާސަބަތުގައި، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ވެބްސައިޓްގައި އިއުލާނު ކޮށްފައިވާ "ނަލަ ނަލަ ރާއްޖެ ވީޑިއޯ ޗެލެންޖު" ގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. މި ޗެލެންޖްގެ
މަޤްސަދަކީ، އިންސްޓަގްރާމް، ފޭސްބުކް އަދި ޓިކްޓޮކްގެ ޒަރިއްޔާއިން 50 އަހަރުފުރޭ ރަން ޔޫބީލް އަހަރުގެ ތީމްލަވަ އިޝްތިހާރު ކުރުމެވެ.

ހުރިހާ އުމުރުފުރާއަކަށް ހުޅުވައިލައިގެން ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދާ ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންގެ އިތުރުން ބޭރުގެ ފަރާތްތަކަށް ހުޅުވާލާފައިވެއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ، މިޗެލެންޖްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، 60 ސިކުންތަށް ވުރެ ދިގުނޫން ވީޑިއޯއެއް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓެކްޓޮކް މެދުވެރިކޮށް ހިއްސާކުރެވިދާނެ ކަމަށާއި އަދި މިއިން ކޮންމެ ވީޑިއޯއެއްގައި ޗެލެންޖަށް ހާއްސަ ކުރެވިފައިވާ ހޭޝްޓެގްތައް ހިމަނާ، މިނިސްޓްރީއިން ދީފައިވާ އޮފިޝަލް އެކަންޓްތައް ޓެގް ކުރަންވާނެ ކަމަށެވެ.

މިޗެލެންޖާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 12 މާރިޗް އިން 30 ޖޫންގެ ނިޔަލަށެވެ.