Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

މިރޭގެ "އިހުޔާ ފޯރަމް" ގައި ފައްޔާޒާއި ސައްތާރު

ރޯދަ މަހުގެ ރޭތައް އިހުޔާކުރަން އިސްލާމިކް މިނިސްޓްރީން ބާއްވަމުން އަންނަ "އިހުޔާ ފޯރަމް" ގެ ތެރެއިން މިރޭ ބާއްވާ ފޯރަމްގައި ޝައިހް ފައްޔާޒް އަލި މަނިކާއި ޑރ. އަބްދުއްސައްތާރު އަބްދުއްރަހުމާން ތަގުރީރުކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިނިސްޓްރީން ބުނީ މިރޭ އިސްލާމިކް މަރުކަޒުގައި 9:30 ގައި ފަށާ ފޯރަމްގައި އެ ދެ ބޭފުޅުން ވާހަކަ ދައްކަވާނީ "އިންސާނީ ހާލަތު ޤުރުއާނުގެ އަލީގައި" މި މައުޟޫއަކަށް ކަމަށެވެ. މިރޭގެ ފޯރަމް ޓީވީއެމާއި ވީޓީވީގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ވެސް ލައިވްކުރާނެ އެވެ.

މިރޭ ބާއްވަނީ މި އަހަރުގެ 13 ވަނަ ފޯރަމެވެ.

ކުރީ އަހަރުތަކާ ހިލާފަށް އިސްލާމިކް މިނިސްޓްރީން ވަނީ މި އަހަރު މާލޭގެ އިތުރުން އަތޮޅު ތެރެއިން "އިހުޔާ ފޯރަމް" ގެނެސްދޭން ފަށައިފަ އެވެ. އެގޮތުން ހދ. ކުޅުދުއްފުއްޓާއި އައްޑޫ ހިތަދު އާއި ރ. ދުވާފަރާއި ފުވައްމުލަކާއި ގދ. ތިނަދޫން ވެސް ފޯރަމް ގެނެސް ދީފައިވެ އެވެ.