އިއްޔެގެ ނިޔަލަށް 1،323 މީހުން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދައްކާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން މިނިސްޓްރީން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެގޮތުން އިއްޔެ ނިޔަލަށް ގޮވާމުން ދެއްކި ޒަކާތުގެ މިންވަރަކީ 3638.3 ކިލޯ އެވެ.
ގޮވާމުގެ ގޮތުގައި ޒަކާތް ބަލައިގަންނަނީ ހަނޑުލުގެ ބާވަތްތަކުގެ ތެރެއިން، އާދައިގެ ހަނޑޫ، ރަތް ހަނޑޫ، ބާސްމަތީ ހަނޑޫ (އާދައިގެ)، ބާސްމަތީ ހަނޑޫ (މޮޅު)، ބާސްމަތީ ހަނޑޫ (އެންމެ މޮޅު) ،އަދި ފުށުގެ ބާވަތްތަކުގެ ތެރެއިން އާދައިގެ ފުށް އަދި އާޓާ ފުށުންނެވެ.
އިއްޔެގެ ނިޔަލަށް ގޮވާމުގެ ޒަކާތް ދެއްކި ގޮތް:
* އާދައިގެ ހަނޑޫ: 372 މީހުން، 892.8 ކިލޯ
* ރަތް ހަނޑޫ: 11 މީހުން،26.4 ކިލޯ
* ބާސްމަތީ ހަނޑޫ (އާދައިގެ): 258 މީހުން، 619.7 ކިލޯ
* ބާސްމަތީ ހަނޑޫ (މޮޅު): 310 މީހުން، 744 ކިލޯ
* ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 312 މީހުން، 748.8 ކިލޯ
* އާދައިގެ ފުށް: 44 މީހުން، 105.6 ކިލޯ
* އާޓާ ފުށް: 16 މީހުން، 38.4 ކިލޯ
ގޮވާމުން ޒަކާތް ބަލައިގަންނާނީ މި މަހުގެ 30ގެ ނިޔަލަށެވެ.
އޭޕްރީލްމަހުގެ 28،29،30ގައި ފިޠުރު ޒަކާތް އަދި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނަ ގަޑިތައް pic.twitter.com/zfndGiDPnu
— Ministry of Islamic Affairs (@MVIaffairs) April 28, 2022
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެ ބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.
މާލެ އާއި އަތޮޅުތަކުން އަންނަނީ ފިތުރު ޒަކާތް ބަލައިގަންނަމުންނެވެ.