Last Updated: May 1, 20:45
Thursday, May 2, 2024
ޚަބަރު

ވިލިނގިލީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އެމްއާރުޑީސީއާ ހަވާލުކޮށްފި

ގއ.ވިލިނގިލި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިޔާތުގެ ތރެެއިން

ގއ.ވިލިނގިލި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.

ވިލިނގިލީގެ މަގު ހެދުމުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ރޯޑް ކޯޕަރޭޝަނާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. ޕްލޭނިން މިނިސްޓްރީން ހާމަކުރި ގޮތުގައި 98،330،536.18 ރުފިޔާއަށް މި މަޝްރޫޢުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 490 ދުވަހުގެ ތެރޭ ނިންމުމަށެވެ.

މި މަޝްރޫއުގެ ދަށުން އެރަށުގެ ފަސް ކިލޯ މީޓަރުގެ މަގުގައި ތާރުއަޅާނެ އެވެ. އަދި މި މަޝްރޫއުގެ ދަށުން މަގުތަކުގައި ފެން ހިންދާ ނިޒާމުގެ ގާއިމުކުރުމާއި ފެންހިންދާ ނިޒާމް ގާއިމުކުރުން ހިމެނެ އެވެ. އޭގެ އިތުރުން މިހާރު ތާރުއަޅައިގެން ހަދާފައިވާ މަގުތައް މަރާމާތުކުރުންވެސް ހިމެނެ އެވެ.

މި މަޝްރޫއުއާ ގުޅިގެން ވިލިނގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ސައުދު ހުސެއިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރައްވާފަ އެވެ.