Last Updated: May 2, 15:21
Thursday, May 2, 2024
ޚަބަރު

އީދު ދުވަހު 4 ގަޑިއިރަށް މާލޭގައި ވެހިކަލް ދުއްވުން މަނާ

މާލޭގެ މަގުމަތީގައި ބަޔަކު ވެހިކަލްތަކެއްގައި: ފޮޓޯ /ސަން

މިއަހަރުގެ ފިތުރު އީދު ދުވަހު ހަތަރު ގަޑިއިރަށް މާލޭގައި ވެހިކަލް ދުއްވުން މަނާކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިގޮތައް ނިންމީ މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާއިން މިއަދު ފާސްކޮށްގެނެވެ.

ސިޓީ ކައުންސިލުން ނިންމީ އީދު ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 20:00 އަށް ވެހިކަލް ދުއްވުން މަނާކޮށް އެވަގުތަކީ ފައިމަގުގައި އުޅޭ ވަގުތުގެ ގޮތުގައި ކަނޑައެޅުމަށެވެ.

އެހެން ނަމަވެސް ފައިމަގުގައި އުޅޭ ވަގުތުގެ ގޮތުގައި ކަނޑައަޅާފައިވާ ވަގުތުތަކުގައި ދުއްވާ އެއްޗެހި ދުއްވުން ހުޅުމާލޭގައި މަނާ ނުކުރާ ގޮތައް ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. ސިޓީ ކައުންސިލުން ބުނީ އެގޮތައް ނިންމީ ފައިމަގުގައި އުޅޭނެ ގަޑިއެއް ކަނޑައެޅުމަށް ސިޓީ ސިޓީ ކައުންސިލް މެމްބަރަކު ހުށައެޅުމުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ފާހަގަ ކުރެެއްވި ކަންކަމަށް ބަހުސްކުރެއްވުމަށްފަހު އެވެ.

" މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ފައިމަގުގައި އުޅޭ ވަގުތެއް ކަނޑައަޅާއިރު އެކަން ކުރާނީ ކޮންކޮން ތަންތަނެއްގައިތޯ ނިންމެވުން މުހިންމު ކަމަށެވެ. މީގެ ކުރީ އަހަރުތަކުގައި ހުޅުމާލޭގައި އެފަދަ ވަގުތެއް ކަނޑައެޅުމުން ރައްޔިތުންނަށް ދިމާވި އުނދަގޫތަށް މޭޔަރު ވަނީ ފާހަގަ ކުރައްވާފައެވެ." މާލޭ ސިޓީ ކައުންސިލުން މި ކަމާ ގުޅޭ ގޮތުން ބުނެފައިވެ އެވެ.