Last Updated: April 26, 11:19
Friday, April 26, 2024
ރިޕޯޓް

ރިބާގެ ނުރައްކާތެރިކަން

ރިބާގެ މުޢާމަލާތަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވަރަށް ޢާންމުވެފައިވާ ވަބާއެކެވެ. ގިނަ ފަހަރަށް ރިބާގެ މުޢާމަލާތުގައި އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން މެހިގަންނަނީ އެއްވެސް ވިސްނުމެއް، އެއްވެސް ފިކުރެއް ނެތިއެވެ. ކަމުގެ ނުރައްކާތެރިކަމަށް ބެލުމެއް ނެތިއެވެ. ރިބާގެ މުޢާމަލާތްތަކާއި ލޯނުތަކާއި އިންޓްރެސްޓަކީ މާ ބޮޑު ކަމެއް ކަމުގައި ނުދެކެއެވެ.

އާދެ، ރިބާއަކީ ދީނީގޮތުން ބަލާއިރު އެންމެ ބޮޑު ހަތް ފާފައިގެ ތެރޭގައި ހިމެނޭ ފާފައެކެވެ. ރިބާގެ މުޢާމަލާތުން އެއްކިބާ ނުވާ މީހުންނަށް މާތް ﷲ ވަނީ އެ އިލާހުގެ ފަރާތުން ހަނގުރާމައެއް އަތުވެދާނެ ކަމުގެ އިންޒާރު ކުރައްވާފައެވެ. ﭐﱡﭐ ﲕ ﲖ ﲗ ﲘ ﲙ ﲚ ﲛ ﲜ ﲝ ﲞ ﲟ ﲠ ﲡ ﲢ ﲣ ﲤ ﲥ ﲦ ﲧ ﲨ ﲩ ﲪ… ﱠ البقرة: ٢٧٨ – ٢٧٩ މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! اللَّه އަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! އަދި، ތިޔަބައިމީހުން މުއުމިނުން ކަމުގައިވާ ނަމަ، ރިބާގެ ތެރެއިން ބާކީ (ލިބޭން) ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ! ފަހެ، ތިޔަބައިމީހުން (އެގޮތަށް) ޢަމަލު ނުކޮށްފި ނަމަ، اللَّه އާއި، އެކަލާނގެ ރަސޫލާގެ ޙަޟްރަތުން ހަނގުރާމައެއް އަތުވެދާނެކަމަށް ތިޔަބައިމީހުން ޔަޤީންކޮށް ދެނެގަންނަ ހުށިކަމެވެ!"

ރިބާގެ ނުރައްކާތެރިކަން ވިސްނައިގަތުމަށް އިސްވެ ދިޔަ އާޔަތް ހަމައެކަނި ފުދެއެވެ. ނަމަވެސް މީގެ އިތުރުން ވެސް ރިބާގެ ނުބައިކަމުގެ ވާހަކަ ކީރިތި ޤުރުއާނުގައި މާތް ﷲ ބަޔާންކުރައްވާފައިވެއެވެ. އެގޮތުން، ރިބާ މުޢާމަލާތުގައި އެއްވެސް ބަރަކާތެއް ނުވާ ކަމަށް އެ އިލާހު ވަނީ ބަޔާންކުރައްވާފައެވެ. ﭐﱡﭐ ﱴ ﱵ ﱶ ﱷ ﱸﱹ … ﲀ ﱠ البقرة: ٢٧٦ މާނައީ: " اللَّه، ރިބާ އުނިކުރައްވައި، އޭގެ ބަރަކާތް ނެތިކުރައްވައެވެ. އަދި، ޞަދަޤާތް އިތުރު ކުރައްވައެވެ." މި އާޔަތުން ދަލާލަތުކޮށްދެނީ ރިބާގެ މުޢާމަލާތުން އެއްވެސް ބަރަކާތެއް ނައަންނާނެ ކަމެވެ. އަދި، އެފަދަ މީހެއްގެ ޙަޔާތުން ވެސް ބަރަކާތް ކެނޑިގެން ދާނެ ކަމެވެ. އެ މީހަކީ ހިތްހަމަޖެހުމުގައި އުޅޭނޭ މީހެއް ނޫން ކަމެވެ.

މި ދެންނެވުނީ ދުނިޔޭގައި އެ ކަމުގެ ނުބައިކަން ހުރި ގޮތުގެ ވާހަކައެވެ. އާޚިރަތުގައި އެފަދަ މީހުން އުޅޭނެ ގޮތުގެ ވާހަކަ ވެސް މާތް ﷲ ވަނީ ބަޔާންކުރައްވާއެވެ. ﭐﱡﭐ ﱁ ﱂ ﱃ ﱄ ﱅ ﱆ ﱇ ﱈ ﱉ ﱊ ﱋ ﱌ ﱍﱎ ﱏ ﱐ ﱑ ﱒ ﱓ ﱔ ﱕﱖ ﱗ ﱘ ﱙ ﱚ ﱛ … ﱠ البقرة: ٢٧٥ މާނައީ: " ރިބާ ކާ މީހުން، ޖިންނި މޮޔަވެގެން، ޝައިޠާނާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ ( ޤިޔާމަތް ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، ރިބާ ކަހަލަ ކަމެއް ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ، اللَّه، ހުއްދަ ކުރައްވާފައެވެ. އަދި، ރިބާ ވަނީ ޙަރާމް ކުރައްވާފައެވެ."

ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީ ރިބާގެ މުޢާމަލާތުން އެއްކިބާވެގެން ތިބި ބަޔަކު ކަމުގައި މާތް ﷲ ލައްވަވައި އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ކާމިޔާބީ މިންވަރު ކޮށްދެއްވުމެވެ. އާމީން!

ނޯޓް: މިއީ ޝެއިހް ޝަފީއު އަބްދުﷲ ގެ ލިޔުއްވުމެކެވެ. ރޯދަ މަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި ޝަފީއުގެ މިފަދަ އާޓިކަލްތައް ކޮންމެ ދުވަހަކު ވެސް "އައްޑޫ ލައިވް" ގައި ގެނެސްދެވޭނެ އެވެ.