Last Updated: May 2, 12:12
Thursday, May 2, 2024
ޚަބަރު

އައްޑޫގައި ފުލުހުންގެ ވަޒީފާއަށް ހުޅުވާލަނީ، ރަނުގެ ފުރުސަތެއް

އައްޑޫ ސިޓީގައި ތިބި ޒުވާނުނަށް ހާއްސަކޮށްގެން ފުލުހުންގެ ވަޒީފާއަށް ވަނުމަށް ހުޅުވާލުމަށް ފުލުހުންގެ މުވައްސަސާއިން ތައްޔާރުވެއްޖެ އެވެ.

އައްޑޫ ސިޓީގައި ފުލުހުންގެ ވަޒީފާއަށް ވަނުމަށް ބޭނުންވާ ޒުވާނުނަށް ހާއްސަކޮށްގެން ހުޅުވާލާ މި ފުރުސަތާ ގުޅޭ ވީޑިއޯ ކްލިޕެއް ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ ޓުވީޓް ކުރައްވާފަ އެވެ. އައްޑޫގައި މަސައްކަތްކުރަމުންދާ ފުލުހުންގެ ހިމަނައިގެން މައުލޫމާތު ދިނުމަށް ތައްޔާރުކޮށްފައިވާ އެ ވީޑިއޯ އާއެކު ސީޕީ ހަމީދު ވިދާޅުވެފައިވަނީ އަލަށް ފުލުހުންގެ ވަޒީފާއް ވަންނައް ބޭންވޭ އައްޑޫ ޒުވާނުންނައް މިއީ ރަނުގެ ފުރުސަތެއް ކަމަށެވެ.

ފުލުހުންގެ ވަޒީފާއިން އައްޑޫއިން ހުޅުވާލާ ފުރުސަތުތަކާބެހޭ މައުލޫމާތު ދިނުމަށާއި ވަޒީފާއަށް ކުރިމަތިލުމަށް އެދޭ ފޯމް ހުށައެޅުމަށް އަންނަ މަހު އޯޕަންޑޭ ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ.

އައްޑޫގައި ފުލުހުންގެ ވަޒީފާއަށް ހުޅުވާލުމާއެކު ލިބޭނެ އެންމެ ބޮޑު ފަސޭހަކީ ރަށުގައި ހުރެގެން ފޯމް ހުށައަޅައި، އައްޑޫގައި ތަމްރީން ވުމުގެ ފުރުސަތު ލިބުމެވެ.

"ފުލުހުންގެ މުވައްސަސާގެ ފަރާތުން މި ހުޅުވާލި ފުރުސަތުގެ ބޭނުން، އައްޑޫ ސިޓީގެ ތިޔަ ހުރިހާ ކުދިންވެސް ހިފަންވީ ވަގުތަކީ މިއީ. އަމިއްލަ ފަސްގަނޑުގައި ތިބި ދިވެހި ފުލުހުންގެ ހިދުމަތައް ހިދުމަތްކުރުމުގެ ފުރުސަތު ލިބިގެން މިދަނީ. ތިޔަ ކުދިން ޓްރޭނިން ހަދާކަށް ރަށުން ބޭރަށް ދާކަށް ނުޖެހޭނެ، ރާއްޖޭގައި މިހާތަނަށް ގާއިމުވި ފުލް ފުލެޗް ޓްރޭނިން ފެސިލިޓީއަކީ މިއީ، މިތަނުގައި ޓްރޭނިން ހެދުމުގެ ފަހުރު ތިޔަ ހުރިހާ ކުދިންވެސް ލިބިގަންނަންވީ،" ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ އިބްރާހިމް ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ކޮމާންޑަރ ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހްމަދު އާތިފް މި ވީޑިއޯ ކްލިޕްގައި ވިދާޅުވެފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތް ބަދަލުވަމުން މިދަނީ ޑިމޮކްރަޓިކް ޕޮލިސިން މޮޑިއުލްއަކަށް ކަމަށާއި ފުލުހުންގެ މުވައްސަސާއަކީ އެއް މުވައްސަސާއަކުން އެންމެ ގިނަ ހުނަރު ދަސްވާން މުވައްސަސާކަމަށެވެ.

"މި ކޮމިއުނިޓީއަށް ރަނގަޅު ބަދަލެއް ގެނެސްދިނުމަށް އައްޑޫ ސިޓީގެ ޒުވާނުން މި ފުރުސަތުގެ ބޭނުން ހިފުން އެދެން،" އާތިފް ވިދާޅުވި އެވެ.