Last Updated: May 2, 06:02
Thursday, May 2, 2024
ޚަބަރު

އެމްއެންޔޫއިން އިޔާޒަށް ފިޔަވަޅުއެޅި ރަނގަޅަށް ނޫން ކަމަށް ނިންމައިިފި

ޑރ. މުހައްމަދު އިޔާޒް. ފޮޓޯ: މިއަދު

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ލެކްޗަރާގެ މަގާމުން ދީނީ އިލްްމްވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުލްލަތީފް ހުންވަނިކޮށް ވަޒީފާއިން ސަސްޕެންޑްކޮށްފައވަނީ ގާނޫނާ ހިލާފަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން މިއަދު ނިންމައިިފި އެވެ.

ޑރ.އިޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމްއެންޔޫއިން އޭނާ ވަޒީފާ އަށް ނިކުތުން މަނާކޮށް އަދި އިންޒާރުދީފައިވަނީ ރަނގަޅަށް ނޫން ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން ނިންމާފައިވާ ކަމަށެވެ.

ޑރ. އިޔާޒް ވަޒީފާއިން ފަހުން ވަކިކޮށްފައިވާއިރު ޔުނިވަސިޓީން ބުނެފައިވަނީ އިޔާޒު ވަކިކޮށްފައިވަނީ ތަފާތު އެކި ފަހަރުމަތިން ނަސޭހަތްދީގެން ވެސް އިސްލާހުނުވުމާ ގުޅިގެން ކަމަށެވެ.

އިޔާޒު އެ ވަޒީފާއިން ވަކިކޮށްފައިމިވަނީ އަންހެން ކުދިން ހިތާނުކުރުމަށް ހިތްވަރުދޭ ކަމަށް ބުނެ އިޔާޒު ކުރެއްވި ޓްވީޓެއްގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަމުން ދަނިކޮށެވެ. އެ ޓްވީޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ވަނީ މައްސަލައެއް ވެސް ވައްދާފައެވެ.

އިޔާޒް ވަޒީފާއިން ވަކިކުރުމުގެ ކުރިން ފިޔަވަޅުއަޅާފައިވަނީ ރަނގަޅަށްނޫން ކަމަށް ނިންމާފައިވާތީ އޭނާ ވަނީ ކުރިޔަށް އޮތްތަނުގައިވެސް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ފިޔަވަޅުތައް އަޅުއްވަމުން ގެންދެވުމަށް އެމްއެންޔޫގެ ވެރިންނަށް އިލްތިމާސްކުރައްވާފަ އެވެ.