Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

ފިތުރު ޒަކާތަށް 5.6 މިލިއަން ރުފިޔާ ލިބިއްޖެ

މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 5,583,326.44 ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މުއްދަތުގެ ތެރޭގައި ފިޠުރު ޒަކާތް ދެއްކީ 107,132 މީހުންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާފައިވަނީ 5,657,851ރ. އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ފިޠުރު ޒަކާތް ދެއްކީ 135،743 މީހުންނެވެ.

ޒަކާތް އޮންލައިންކޮށް ވެސް ދެއްކޭއިރު މިނިސްޓްރީގެ ވެބްސައިޓުންނާއި، ދިރާގުގެ ދިރާގުޕޭ، އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ މެދުވެރިކޮށް މިއަދާ ހަމައަށް ފިޠުރު ޒަކާތްދެއްކޭނެ އިންތިޒާމު ހަމަޖެހިފައިބެ އެވެ.

ރޯދަ މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނީ މިނިސްޓްރީގެ ކައުންޓަރުތަކުންނާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮށެވެ.

އޮންލައިންކޮށް ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެފަހު ވަގުތަކީ މިއަދު ހަވީރު 6:00 އާ ހަމައަށެއެވެ.

ފިޠުރު ޒަކާތް ދެއްކުމަކީ ވާޖިބެކެވެ. އެހެންކަމުން ފިތުރު ޒަކާތް ދެއްކުން ވާޖިބުވާ އެންމެންނަށް އެކަން މިނިސްޓްރީން ހަނދާންކޮށް ދީފައިވެ އެވެ.