އެމްޓީސީސީގެ ޑްރެޖިން އާއި ބަސް ޑްރައިވަރުންގެ ވަޒީފާތަކަށް މީހުން ތަމްރީންކުރުމަށް ހިންގާ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށް ކުރިއަށް ގެންދަން ނިންމާފައިވާ އޯޕަން ޑޭ އައްޑޫގައި ވެސް ބާއްވަން ނިންމައިފި އެވެ.
"ޖޮއިން ޓީމް އެމްޓީސީސީ ކެމްޕެއިން 2022" ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގަރާމާ ބެހޭ ގޮތުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ މަގުސަދަކީ ވަޒީފާގެ މާހައުލުގައި ދެ ޖިންސުގެ މީހުން ތަމްރީނުކުރުމާ އެކު ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދިނުން ކަމަށެވެ.
އެގޮތުން ޕްރޮގްރާމްގެ ދަށުން ޑްރެޖަރި ބޭނުންކުރުމަށްޓަކައި، ޖުމްލަ 65 މީހަކު ތަމްރީންކުރަން ނިންމާފައިވެ އެވެ. އޭގެ ތެރޭގައި ޑްރެޖް މާސްޓާ، ޑްރެޖް އޮޕަރޭޓަރު، ޑްރެޖް މެކޭނިކް، ޑްރެޖް ކްރޫ، ޓަގް އޮޕަރޭޓަރު، ޓަގް ކްރޫ، ވެލްޑަރު އަދި ޑްރެޖް ސުޕަވައިޒަރުން ފަދަ ދާއިރާތައް ހިމެނެ އެވެ.
އެމްޓީސީސީގެ ޑްރެޖަރގެ ވަޒީފާތަކާއި އަދި ބަސް ޑްރައިވަރުން ތަމްރީންކުރުމަށް "ޖޮއިންޓީމްއެމްޓީސީސީ ކެމްޕެއިން 2022" އިފްތިތާޙު ކޮށްފި
ޕްރެސް ރިލީޒް: https://t.co/IjTNnEdxqb pic.twitter.com/SE4qjHb9Lx— MTCC Plc (@MTCCPlc) April 28, 2022
އެމްޓީސީސީން ބުނީ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމާ މީހުންނަށް 10،000-33،000ރ. މުސާރައަކާ އެކު ކުންފުނީގެ ވަޒީފާ ހަމަޖެހޭނެ ކަމަށެވެ.
އެމްޓީސީސީގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމް ފުޅާކުރުމަށްޓަކައި ގެނެވޭ 34 ބަސް ދުއްވުމަށް ހަމަޖެހިފައި ވަނީ، އައްޑޫ ފޭދު އާއި ހުޅުމީދު އާއި ޏ. ފުވައްމުލަކާއި ލ. ގަމާއި އިސްދޫގަ އެވެ.
އެމްޓީސީސީން ބުނީ ބަސް ދުއްވަން ނެނގޭ މީހުންނަށް ހުނަވަރު ޕްރޮގްރާމްގެ ދަށުން ތިން މަސްދުވަސްތެރޭ ތަމްރީންދީ ލައިސެންސް ލިބޭނެ ކަމަށެވެ. އަދި މި ތަމްރީން ކާމިޔާބު ކަމާއެކު ނިންމައި ލައިސަންސް ލިބޭ ފަރާތްތަކަށް 14،000-18،000ރ. މުސާރައަކާއެކު ބަސް ޑްރައިވަރުންގެ ވަޒީފާ ހަމަޖެހޭ އެވެ.
މި ޕްރޮގްރާމްގެ ދަށުން، ޖުމުލަ 22 ބަސް ޑްރައިވަރުން ރެކްރޫޓްކުރާނެ އެވެ.
ޑްރެޖަރުގެ ވަޒީފާތަކާއި ބަސް ޑްރައިވަރުން އަދި އެހެނިހެން ވަޒީފާތަކަށް ބޭނުންވާ ދިވެހިން ހޯދަން ބާއްބާ "ރެކްރޫޓްމަންޓް އޯޕަން ޑޭ" އަންނަ މަހުގެ 3-22 ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.
އޯޕަން ޑޭގެ ތާވަލު:
* ހދ. ކުޅުދުއްފުށި (3 މެއި)
* ހދ. ނޮޅިވަރަންފަރު (4 މެއި)
* އައްޑޫ ފޭދޫ (9 މެއި)
* އައްޑޫ ހިތަދޫ (9 މެއި)
* އައްޑޫ ހުޅުމީދޫ (10 މެއި)
* ޏ. މުވައްމުލައް (12 މެއި)
* ލ. ގަން (14 މެއި)
* ލ. އިސްދޫ (15 މެއި)
* ށ. ފުނަދޫ (18 މެއި)
* ޅ. ހިންނަވަރު (21 މެއި)
* ޅ. ނައިފަރު (22 މެއި)