Last Updated: May 2, 06:02
Thursday, May 2, 2024
ޚަބަރު

އިނާމުތަކާ އެކު ދީނީ ފޯރަމެއް މިރޭ ހުޅުމީދޫގައި

އައްޑޫގައި މި ރޯދަމަހު ބޭއްވި ދީނީ ފޯރަމްގެ ތެރެއިން:-މިރޭ މި ފޯރަމް އޮންނާނ ސ.އަތޮޅު މަދަރުސާގައި

ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން އައްޑޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ(ޑަބްލިޔުޑީސީ) އިން އިންތިޒާމްކުރާ ދީނީ ފޯރަމް މިރޭ ސ.އަތޮޅު މަދަރުސާގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިރޭގެ މި ފޯރަމްގައި ދަރުސް ހާއްސަަކުރަނީ "ދަރިންތަރުބިއްޔަތު ކުރުމުގައި މައިންބައިފައިންގެ ދައުރު"ގެ މައްޗަށެވެ. ފޯރަމްގައި ދެ ޝެއިހުން ދަރުސް ދެއްވާ ގޮތައް ހަމަޖެހިފައިވެއެވެ. މިއީ އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި މި ރަމަޞާންމަހު ބާއްވަމުން ދިޔަ ފޯރަމްގެ ތެރެއިން އެންމެ ފަހު ފޯރަމެވެ.

މިރޭގެ މި ފޯރަމްގައި ދަރުސް ދެއްވާނީ އައްޝެއިހް އަހްމަދު ނިޒާމާއި އައްޝެއިހް އަހްމަދު ނާޒިހް އެވެ. މި ފޯރަމަށް އަންނަ ފަރާތްތަކު ތެރެއިން ގުރުއަތުން ހޮވާލެވޭ ފަރާތަކަށް ފައިސާގެ އިނާމްވެސް ދިނުމަށް ހަމަޖެހިފައިވެ އެވެ. ފޯރަމް ފެށޭނީ މިރޭ 9.30ގައި އެވެ.

މި ފޯރަމްގައި ވީހާވެސް ގިނަ ބެލެނިވެރިންނާއި ދަރިންތަރުބިއްޔަތުގެ ޒިންމާއާ ހަވާލުވެ ތިބި ފަރާތްތަކުން ބައިވެރިވުމަށް ޑަބްލިޔުޑީސީން އެދެ އެވެ.

ޑަބްލިޔުޑީސީން ވަނީ ތިން ޕްރޮގުރާމެއް އައްޑޫގައި މި ރަމަޞާންމަހު ކުރިއަށްގެންގޮސްފަ އެވެ.