Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

ޝައްވާލު މަހުގެ ހަނދު ސާބިތުކުރުން މިރޭ

ޝައްވާލު މަހުގެ ހަނދު ސާބިތުކުރަން ބާއްވާ ޖަލްސާ މި ރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ބުނީ ޖަލްސާ އޮންނާނީ މި ރޭ 8:30 ގައި ކަމަށެވެ.

އިސްލާމީ މަރުކަޒުގައި ބާއްވާ މި ޖަލްސާގައި އިސްލާމީ ޤައުމުތަކުގައި ހަނދު ސާބިތުކުރުމާ ގުޅޭ ގޮތުން އަމަލުކުރާ އުސޫލުތަކާއި ފަލަކީގޮތުން ހަނދު ސާބިތުކުރުމުގައި ގެންގުޅޭ އުސޫލްތަކަށް ބިނާކޮށް މި އަހަރުގެ ފިތުރު އީދު ދުވަސް އިޢުލާންކުރާނެ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި ރޯރަ މަހުގެ ފަހު ދުވަހަކީ މާދަމަ އެވެ. އެއީ 30 ރޯދާ އެކީގަ އެވެ. އެހެންވެ މި އަހަރުގެ ފިތުރު އީދު ދުވަހަކީ ހޯމަ ދުވަސް ކަމަށް ކަލަންޑަރުގައި ބުނެ އެވެ.

މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައި ނަމަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް އަދި ރަށްރަށުގައި ނަމަ އެ ރަށެއްގައި ކަމާބެހޭ އިދާރާތަކަށް އަންގަން ޖެހެއެވެ.

މެޖިސްޓްރޭޓެއް ނެތް ރަށެއްގައި ނަމަ ހަނދު ސާބިތުކުރުމަށް ހެކިބަސް ދޭނީ އެ ރަށެއްގެ ކައުންސިލްގެ އިދާރާ ނުވަތަ އެރަށެއްގެ އަވަށު އޮފީސް ހިންގުމާ ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިފުޅުމަތީގަ އެވެ.