Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

އައްޑޫގެ ހައުސިން ޕްރޮޖެކްޓަށް ވިޒިއޮން ވިލާ ތައްޔާރު

ތުރުކީ ކުންފުންޏަކުން އައްޑޫގައި ކުރިއަށް ގެންދަން ނިންމާފައިވާ ހައިސިން މަޝްރޫއަށް ތައްޔާރުވުުގެ ގޮތުން އެ ކުންފުނިން އައްޑޫގައި ދައްކައިލަން ހަދާ ގެތަކުގެ ސާމްޕަލް ޔުނިޓްތައް އައްޑު އަށް ގެނައުމުގެ މަސައްކަތަށް ތައްޔާރުވެއްޖެ އެވެ.

އައްޑޫގައި ރެޒިޑެންޝަލް ހައުސިން ޔުނިޓުތަކެއް ހަދަން ކައުންސިލާއި ތުރުކީޒްގެ ވިޒިއޮން ވިލާއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ. ހައުސިންގެ މި މަޝްރޫއަކީ އައްޑޫން ގޯތި ލިބުނަސް މާލީ ދަތިތަކާ ހުރެ ގެ ނޭޅިފައިވާ މީހުންނަށް ލުއި އަދި ފަސޭހަ ގޮތަކަށް ކުރެވޭނެ މަގުފަހިކޮށް ދިނުމުގެ ގޮތުން މަޝްރޫއެކެވެ

ކައުންސިލުން ބުނީ ގޮތުގައި އެެ ކުންފުނިން އައްޑު އަށް ގެންނަ ސާމްޕެލް ޔުނިޓްތަކުގެ ޝިޕްމަންޓް އައްޑު އަށް ގެނައުމަށް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ފުރުވާލާނެ އެވެ.

ވިޒިއޮން ވިލާއާ ހަވާލާދީ ކައުންސިލުން ބުނީ އައްޑޫ އަށް ގެންނަ ޝިޕްމަންޓްގައި ހަ ކޮންޓެއިނާ ހިމެނޭނެ ކަމަށާއި އޭގައި ފަސް ޑިޒައިނެއްގެ ގެތަކުގެ ޔުނިޓްތަކެއް ހުންނާނެ ކަމަށެވެ. އަދި އެ އެއްޗެހި ގެނެސްދިން އެސެމްބަލްކޮށް އާންމުކޮށް ބަލާލަބް ފުރުސަތު ހުޅުވައިލާނެ އެވެ. އަދި އާންމުންނަށް ގެ އަޅައިދޭން ނިންމާފައި ވަނީ އެ ފަސް މޮޑެލްގެ ތެރެއިން އެ ބަޔަކު ހިޔާރުކުރާ މޮޑެލްއަކަށެވެ.

އައްޑޫގައި 1000-2000 އާ ދެމެދުގެ ސޯޝަލް ހައުސިންގް ޔުނިޓް އެޅުމަށް ކައުންސިލުން ވިޒްޔޮމް ވިލާގެ އިތުރުން އި ޗައިނާގެ ބީޔޫސީއެންޖީ ކުންފުންޏާ އެކު ވެސް ޖެނުއަރީ މަހު އެއްބަސްވުމުގައި ސޮއިކުރި އެވެ.

އޭރު މޭޔަރު އަލީ ނިޒާރު ވިދާޅުވެފައި ވަނީ މަޝްވަރާ ކުރެވިފައި އޮތް ގޮތަށް ބަލާއިރު، ރާއްޖޭގެ މާކެޓްގައި މިހާރު ގެތައް ލިބެން ހުރި އަގުތަކަށް ބަލައި ވަރަށް ހެޔޮ އަގުތަކެއްގައި ގެ އެޅުމުގެ ފުރުސަތު އައްޑޫގެ ރައްޔިތުންނަށް ފަޖޮވެގެން ދާނެ ކަމަށެވެ.

"އެހެންވީމާ މިއީ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ވެސް ލިބިފގެން ދާނެ ކަމެއް." އޭނާ ވިދާޅުވި އެވެ.