Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

ފުލުހުންގެ ވަޒީފާ އަށް ހުޅުވާލައިފި

ފުލުހުންގެ ވަޒީފާ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފުލުހުންގެ ވަޒީފާ އަށް ނުކުންނަން ޝައުގުވެރިވާ މީހުންނަށް އެޕްލައިކުރުމުގެ އެންމެ ފަހު ސުންގަޑި އަކީ އަންނަ މަހުގެ މަހުގެ 22 އެވެ.

އެޕްލައިކުރާ މީހުންނަކީ އޯ ލެވެލް އިމްތިހާނު އަދި އެސްއެސްސީ އިމްތިހާނު ހިމެނޭހެން ތިން މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، ނުވަތަ އޯ ލެވެލް އިމްތިހާނު ނުވަތަ ސެކަންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިހާނު ހިމެނޭހެން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާ އެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް 3 ގެ ކޯހެއް ފުރިހަމަކޮށް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށްވާން ޖެހޭނެ އެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތާ ގުޅުންހުރި ދާއިރާއަކުން ދެ އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވައިވާ މީހަކަށް ވެސް ވާންޖެހެ އެވެ.

އެ ޝަރުތު ހަމަވާ މީހުންގެ ތެރެއިން ފުލުހުންގެ ވަޒީފާ އަށް ވެއްދުމުގައި އިސްކޮޅުގައި ފިރިހެން 5 ފޫޓް 3 އިންޗި ހުރި ފިރިހެނުންނާއި އަންހެން ނަމަ 5 ފޫޓް އިސްކޮޅުގައި ހުންނަން ޖެހޭނެ އެވެ.

ހަމައެއާއެކު އޯލެވަލް އިމްތިހާނުގެ ހަތަރު މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލްކޮށްފައިވުން ނުވަތަ އެޗްއެސްސީ އިމްތިހާނުގެ ދިވެހި އަދި އިސްލާމް ނުހިމެނޭ ގޮތަށް އޭލެވެލް ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހެ އެވެ. އެޝަރުތުތައް ހަވަމަވާ މީހެއް ނަމަ ފިރިހެނުންގެ އިސްކޮޅުގައި 5 ފޫޓް 1 އިންޗި އަދި އަންހެނެއް ނަމަ ނަމަ 4 ފޫޓް 8 އިންޗި ހުންނަން ޖެހެ އެވެ.

މީގެ އިތުރުން ސާނަވީ ތައުލީމު ފުރިހަމަކުރުމާ އެކު ފިޒިކަލް ފިޓްނެސް އެފަރާތެއްގެ ކިބައިގައި ހުރި މިންވަރު ދެނެގަތުމަށް ފުލުހުންގެ ހިދުމަތުގެ ފަރާތުން ހާއްސަގޮތެއްގައި ބެލެވޭ މިންގަނޑުގެ ތެރެއިން ފާސްވުމާއެކު ފިރިހެނުން އިސްކޮޅުގައި 5 ފޫޓް 8 އިންޗި އަދި އަންހެނުން އިސްކޮޅުގައި 5 ފޫޓް 3 އިންޗި އަށްވުރެ ކުރުނޫން ފަރާތެއްކަމުގައި ވާންޖެހެ އެވެ. އަދި އުމުރުން 18-30 އަހަރާ ދެމެދުގެ މީހަކަށް ވުމާއެކު ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާންކުރާ ރެކްރޫޓް ކުރެވޭ ފުލުހުންގެ އާންމު ޝަރުތުތައް ފުރިހަމަވެފައިވާ މީހަކަށް ވެސް ވާން ޖެހެ އެވެ.

ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ޝަހީދު ޙުސައިން އާދަމް ބިލްޑިންގެ ރިސެޕްޝަނުންނާއި ފުލުހުންގެ ވެބްސައިޓް www.police.gov.mv އިން ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.

ފުލުހުންގެ ވަޒީފާ އަށް ކުރިމަތިލާން ހުޅުވާލި އިރު، ފުލުސް ކޮމިޝަރު މުހައްމަދު ހަމީދު ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ވަޒީފާ އަށް ވަންނަން ބޭނުންވާ އައްޑޫ ޒުވާނުންނަށް އަންނަ މަހު އޯޕަން ޑޭއެއް ވެސް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އައްޑޫން ޝައުގުވެރިވާ މީހުން ތަމްރީނުވާނީ މިދިޔަ މަހު އައްޑޫގައި ހުޅުވި ޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އެންސީޕޯލް) ގައި ކަމަށާއި މިއީ އައްޑޫގައި ތިބެގެން ތަމްރީނުވެ، އައްޑު އަށް ހިދުމަތްކުރަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.