ފިތުރު ޒަކާތުގެ ގޮތުގައި އައްޑޫ ސިޓީން 600،000 އަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
ފިތުރު ޒަކާތުގެ ގޮތުގައި އައްޑޫން މިފަހަރު ލިބިފައިވަނީ 6،77403.92 ރުފިޔާ އެވެ. ޒަކާތުގެ ޙައްޤުވެރިންގެ ގޮތުގައި އައްޑޫގައި ތިބީ 1،286 މީހުންނެވެ. އެގޮތުން ކޮންމެ މީހަކަށް ޒަކާތުގެ ގޮތުގައި ބޮލަކަށް 526.75 ރުފިޔާ ބެހުމަށް ވަނީ ނިންމާފަ އެވެ.
ފިޠުރު ޒަކާތް ބަހާނީ ރަމަޟާން މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. ފިޠުރު ޒަކާތް ދޭނީ ފަޤީރުންގެ ލިސްޓުގައިވާ މީހުންނަށެވެ. ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކުމުގެ ފުރުސަތު އޮންނާނެ އެވެ.
ފިޠުރު ޒަކާތް ދެއްކުމަކީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެކެވެ.